ގިނަ ކުޅިވަރުތަކާއެކު ފޭސް އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި

ފޭސް ޖަމިއްޔާއާއި ރަށުގައިހުރި ސަރުކާރުގެ އިދާރާތަކާއި ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިޔަށް ގެންދިޔަ މިއަދު ކުރިޔަށް ގެންދިޔަ ހަވީރުގައި ރަށުގެ ކުދިބޮޑު ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ. އެކިކަހަލަ ޝައުގުވެރި ސްޓޯލްތަކާއި ގިނަ ކުޅިވަރު ހަރަކާތްތަކަކާއިއެކު ކުރިޔަށް ގެންދިޔަ މި ހަވީރަކީ، ކުޑަކުދިންގެ ދުވަހާއި އާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދިޔަ ހަވީރެއްކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި މި ހަވީރުގެ މަގުސަދަކީ، އާއިލާގެ މެންބަރުންނާއިއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާ އާއިލީ ގުޅުންތައް ބަދަހި ކުރުންކަމަށް ވެސް ބުނެފައިވެއެވެ. ފޭސް ޖަމިއްޔާއިން 2019 ވަނަ އަހަރު ވެސްވަނީ މިފަދަ ހަވީރެއް ފައިނުގައި ކުރިޔަށް ގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ