ސްކޫލް ކްރިކެޓް ލީގް: ޖަމާލުއްދީނާ ވާދަކޮށް ބިލަބޮންގް މޮޅުވީ ނުވަ ވިކެޓުން

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ފުރަތަމަ ސްކޫލް ކްރިކެޓް ލީގް ގައި އިއްޔެ ޖަމާލު ދީނުގެ މައްޗަށް ނުވަ ވިކެޓުން ބިލަބޮންގް އިންޓަނޭޝަނަލް ކާމިޔާބު ހޯދައިފި އެވެ.
ކުޅިވަރު އެކުވެނީގައި މެޗްގައި ފުރަތަމަ ޓޮސް ދިމާވުމުން ބިލަބޮންގް ސުކޫލުން ގަސްތުކުރީ ހޮވުމަށެވެ.
އެގޮތުން ޖަމާލުއްދީން ސްކޫލް ކުޅެން އަރައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 47 ލަނޑުހެދިއިރު، އެންމެ ރަނގަޅަށް ކުޅުނީ 17 ލަނޑު ހެދި އިޝްހާގްއާއި 13 ލަނޑު ހެދި އީމަން އެވެ. ޖަވާބުގައި ބިލަބޮންގް ސުކޫލް ކުޅެންއަރާ އެއް ކުޅުންތެރެިއަކު ނުބައިވެގެން 48 ލަނޑުހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑު ހެދި ވިގްނޭސް އާއި 16 ލަނޑު ހެދި ޔޫސުފެވެ.
މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެ އެވެ. މެންދުރު ފަހު 15:00 ގައި ބައްދަލުކުރާ ފުުރަތަމަ މެޗްގައި ކަލާފާން ސުކޫލާއި ދެކޮޅަށް ތާޖުއްދީން ނުކުންނައިރު، ދެވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ވިލިމާލޭ މުހިއްދީން ސުކޫލާއި އިމާދުއްދީން ސުކޫލެވެ.
އ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ