ޚަރަދުގެ ގޮތުގައި ވަރިކުރި އަނބިމީހާ އަށާއި ދަރިފުޅުގެ ޚަރަދަށް ދައްކަންޖެހޭ 360،000 ރިޔާލަ ވަގުތުން ދެއްކުމަށް ކޯޓުން ކުރި އަމުރާއި ގުޅިގެން ފައިސާ ނުދެއްކުމުން އީސަރވިސް މެދުވެރިކޮށް އޭނާގެ އެކައުންޓުން އެފައިސާ ކޯޓުން ނަގައި ޚަރަދު ލިބެންޖެހޭ ދެމައިންނާއި ހަވާލުކޮށްފިއެވެ.
ދާދިފަހުން ސައުދިއަރަބިޔާގެ ޖިއްދާ އާއި ޠާއިފުގެ ކޯޓުން ވަނީ 506،000 ރިޔާލަ ވަގުތުން ދެއްކުމަށް 2 މީހެއްގެ މައްޗަށް ޙުކުމްކޮށްފައެވެ. އީސަރވިސް މެދުވެރިކޮށް އެކައުންޓުން ފައިސާ ނެގީ އެކަކު ކޯޓަށް ހާޒިރު ނުވުމުންނެވެ.
ދެ ކޯޓުން ވެސް ބުނެފައިވަނީ ވަރިކުރުމަށްފަހު ޚަރަދު ނުދީ ފިލައިގެން ނުއުޅެވޭނެ ކަމަށެވެ. ޚަރަދު ނުދޭނަމަ ކޯޓަށް ނެގުނު ގޮތަށް އެފަދަ މީހުންގެ އަތުން ޚަރަދު ނަގައިދޭނެ ކަމަށެވެ.
ދީނީ އިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ޚަރަދު ނަގައި ނުދިނުމަކީ އިތުރު ކައިވެނިކޮށް އިތުރު އަނބިންނާއި ދަރިން މަގުމަތިކުރުމަށް ފުރުޞަތުފަހިކޮށްދެވޭ ކަމެއް ކަމަށެވެ.
ސައުދިއަރަބިޔާގައި އެކަނިވެރި މައިންނަށް ސަރުކާރުން ޚަރަދުކުރަނީ ޤްދްރަތީ ސަބަބުތަކާއިހުރެ ނިކަމެތިކަން ލިބޭ ހާލަތުގައެވެ.
ވަރިކުރުމަށްފަހު ޚަރަދު ނުދިނުމުން ކޯޓުން އޭނާގެ އެކަންޓުން ފައިސާ ނަގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ