ހިންނަވަރު ސިއްހީ މަރުކަޒުގެ މަސައްކަތް މެމްބަރު ސައުދުﷲގެ ކުންފުނި އަތުން ނަގައިފި

ޅ. ހިންނަވަރު ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އިތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑްގެ އަތުން ވަނީ ނަގާފައެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ސޮއިކުރައްވައި ސައުދުﷲ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު ސްވިފްޓާ ހަވާލުކުރި އެ މަސައްކަތް މިވަގުތައް ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވާކަމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ މިއަދުން ފެށިގެން އެ މަސައްކަތް ހުއްޓާލުމަށެވެ.
ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު ވިދާޅުވީ އެ މަޝްރޫއު ހުއްޓާލުމަށް އެންގެވީ، ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ބައެއް މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީ އިން އަނަގާފައިވާތީ ކަމަށެވެ.
ސިއްހީ މަރުކަޒު ހެދުމުގެ މަސައްކަތް ސައުދުﷲގެ ކުންފުނިން އަތުލައިގެންފައި މިވަނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފެކްޝަނާ އޭނާ ގުޅިވަޑައިގެންފައިވާ ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ