އަބްދުއްރަހީމަކީ ކާކު؟ ރައްޔިތުން ބަލައިގަންނަ މީހެއްނޫން: ނާދިރާ

ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ (އަދްރޭ) އަކީ މިއަދު އެއްވެސް މީހެއްނޫން ކަމަށާއި، ބާރުއޮތީތީވެ ބާރުގެ ބޭނުން ކުރަނީކަމުގައި މައުމޫން ރިފޯމް މޫވްމަންޓް( އެމްއާރުއެމް)ގެ މެންބަރ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ނާދިރާ ވިދާޅުވީ އަބްދުއްރަހީމް އިންތިޚާބެއްގައި ވާދަކޮށްފިނަމަ އޭނާއަށް ވޯޓްދޭނެބަޔަކު މިރާއްޖޭގައި މިހާރުނެތްކަމަށާއި، މަޖިލީހުގައި އަބްދުއްރަހީމް މިހާރު ފުރުވަމުންގެންދަވާ ފޮނަދޫދާއިރާގެ ގޮނޑިވެސް ކާމިޔާބުކުރެވިފައިވަނީ ރައީސް މައުމޫންގެ ފޮޓޯ ގަނޑެއް މޭމަތީގައި ޖަހައިގެންކަމަށެވެ.
“ އަދުރޭ ލަދުގަންނަންޖެހޭނެ. މިހާރު އަދާކުރަމުންގެންދާ ފޮނަދޫދާއިރާގެ ގޮނޑިހޯދީ ކިހިނެއްތޯ.؟ ރައީސް މައުމޫންގެ އެހީތެރިކަމާއިއެކު. ރައީސް މައުމޫންގެ މަސައްކަތުން. ރައީސް މައުމޫންގެ ފޮޓޯގަނޑެއްމޭމަތީގައި ތަތްކޮށްގެން ނުކުމެ. ކޮބާލަދު.“ އެމްއާރުއެމްގެ މެންބަރ ނާދިރާ ވިދާޅުވިއެވެ.
ނާދިރާ ވިދާޅުވީ އަދްރޭއަކީ ދިވެހި އެއްވެސް ރައްޔިތަކު މިއަދު ބަލައިގަންނަމީހެއް ނޫންކަމަށެވެ. އެހެންކަމުން އަދުރޭ އަށް މިރާއްޖޭގެ އެއްވެސްމީހަކު ދެން ވޯޓް ނުދޭނެކަމަށްވެސް ނާދިރާ ވިދާޅުވިއެވެ.
”ތިބޭފުޅުން ބައްލަވާ އަބްދުއްރަހީމްގެ މާޒީ. ކިހިނެއްތޯ އަދާކުރެއްވި ވަޒީތަކުގައި ކަންތަށްތަށް ގޮސްފައިހުރީ. ކާކުތޯ މިއަދު އެހުރިހާލަތަށް ގެނެސްދިނީ. ބައްލަވާ. ލަދުހަޔާތް ނެތުނީމައި ދެއްތޯ މިއަދު އެހެން އެއުޅެނީ“ ޕީޕީއެމްގެ ނައިބުރައީސާކަމަށް ރައީސް މައުމޫން އައްޔަން ކޮށްފައިވާ ނާދިރާ ވިދާޅުވިއެވެ.
މީގެއިތުރުން ނާދިރާވަނީ ރައީސްޔާމީންގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ކޮރަޕްޝަންތަކާއި ގުޅޭގޮތުންވެސް ފުޅާދާއިރާއެއްގައި ވާހަކަ ދައްކަވާފައެވެ. އެގޮތުން ނާދިރާ ވިދާޅުވީ ރައީސްޔާމިން ސަރުކާރުން ފެށުނީއްސުރެ ރައްޔިތުންނަށް އަނިޔާވެރިވަމުންދިޔަކަމަށާއި ވައްކަމާއި ކޮރަޕްޝަނަށް މަގުފަހިވާ އެތަށްއެތަށް ކަމެއް ރާވަމުންގެންދިޔަކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން ރައީސް ޔާމީންގެ ގެޔަށް ވެއްދިފައިސާ މިއަދު ކޮބައިތޯވެސް ނާދިރާވަނީ ސުވާލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ