އަބްދުލް ކަލާމްގެ އުފަންދުވަސް ފާހަގަކުރުމަށް މައުމޫން އިންޑިއާއަށް

އިންޑިއާގެ ކުރީގެ ރައީސް އޭޕީޖޭ އަބްދުލް ކަލާމްގެ އުފަންދުވަހުގެ ހަނދާނުގައި އިންޑިއާގެ ބެންގަލޫރުގެ ގާރޑްސް ސިޓީ ކޮލެޖްގެ ފަރާތުން ބާއްވާ ޙަފްލާ ޝަރަފްވެރި ކޮށްދިނުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ޤައްޔޫމް އިންޑިއާ އަށް ފުރާ ވަޑައިގެންފިއެވެ.
މި ޕްރޮގްރާމްގައި މައުމޫން ވާހަކަ ދައްކަވާނީ "ސިޕްކްރެސް" ނުވަތަ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ގުޅޭގޮތުންނެވެ. މައުމޫން އިންޑިއާއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މައުމޫން ވިދާޅުވީ ޒުވާނުންނަށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމަކީ އަބްދުލް ކަލާމް ވަރަށް ބޮޑަށް އިސްކަންދެއްވި ކަމެއް ކަމަށެވެ.
މީގެ އިތުރުން މައުމޫން ވިދާޅުވީ ދުނިޔޭގެ ސުލްހަ އާއި ސަރަހައްދުގެ ސުލްހަ އާއި ބެހޭގޮތުންވެސް މި ޕްރޮގްރާމްގައި އެމަނިކުފާނު ވާހަކަދައްކަވާނެކަމަށެވެ.
އަބްދުލް ކަލާމް އަވަހާރަވީ މެގުލާޔާ ސްޓޭޓުގެ ވެރިރަށް، ޝިލޮންގުގައި ހުންނަ އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓުގެ ކެމްޕަހުގައި ތަގްރީރެއް ދެއްވަން ހުންނަވަނިކޮށް ސްޓޭޖު މައްޗަށް ވެއްޓިވަޑައިގަތުމުން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެނިކޮށް ޖުލައި 27 ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ