ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އިތުރު 56 ރަށެއްގައި އޭޓީއެމް ބަހައްޓައި މަޝްރޫއު ނިންމާލުމަކީ އެ ބޭންކުގެ އަމާޒު ކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.
ތަފްސީލް - ބ. އަތޮޅުގެ ހުރިހާ ރަށެއްގައި އޭޓީއެމް ގާއިމްކުރުމަށް ފަހު، ބ. މާޅޮހުގައި ބުރާސްފަތި ދުވަހު ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އިތުރު ފަސް އަތޮޅެއްގެ 23 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށެވެ.
"ބާކީ އޮތް ހަތް އަތޮޅުގެ 33 ރަށުގައި ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި އޭޓީއެމް ހިދުމަތް ގާއިމްކޮށް މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމަކީ ބީއެމްއެލްގެ އަމާޒު،" ޝަރީފް ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވި ގޮތުގައި:
2008 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް އިތުރު 68 ރަށުގައި އޭޓީއެމް ހިދުމަތް ފެށި
އަދި މިދިޔަ އަހަރު 9 ރަށެއްގައި އޭޓީއެމް ހިދުމަތް ފެށުމާއެކު، މިދިޔަ އަހަރު ނިމުނު އިރު މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ޖުމްލަ 96 ރަށެއްގައި ބީއެމްއެލްއިން ދިޔައީ އޭޓީއެމް ހިދުމަތް ދެމުން
"މިދިޔަ ނޮވެމްބަރު މަހު ފެށި މި މަސައްކަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 47 ރަށެއްގައި މިވަނީ އޭޓީއެމް ހިދުމަތް ފަށާފައި. މިގޮތުން ހަތް އަތޮޅެއްގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިވަނީ ހިދުމަތް ގާއިމްކޮށްފައި،" ޝަރީފް ވިދާޅުވި އެވެ.
އޭޓީއެމް ހިދުމަތް މިހާރު ވަނީ ދ. އަތޮޅު، ހއ. އަތޮޅު، ނ. އަތޮޅު، މ. އަތޮޅު، ށ. އަތޮޅު، ކ. އަތޮޅު އަދި ބ. އަތޮޅުގެ ހުރިހާ ރަށެއްގައި ގާއިމްކޮށްފަ އެވެ.
ބީއެމްއެލްއިން ރާއްޖޭގައި އޭޓީއެމް ގާއިމްކުރީ 2000 ވަނަ އަހަރު އެވެ. އޭރު މާލޭގައި ފަސް އޭޓީއެމް ބެހެއްޓި އެވެ. އޭގެ 7 އަހަރު ފަހުން 2007 ވަނަ އަހަރު އަތޮޅުތެރެއަށް އޭޓީއެމް ހިދުމަތް ދޭން ފަށައި، އެ އަހަރު 19 ރަށެއްގައި އޭޓީއެމް ބެހެއްޓި އެވެ.
އަމާޒަކީ ދެތިން މަސްތެރޭ 56 ރަށުގައި އޭޓީއެމް ބަހައްޓައި މަޝްރޫއު ނިންމާލުން: ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ