ދިވެހިރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފައި އޮތް ވޭޕާއި އެއާ ގުޅޭ އެކި ސާމާނު އެތެރެ ކުރިކަން ފަޅާ އެރުމުން، ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަން ހަދާފައި އޮތް ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދުގެ ދަރިކަލުން، އަބްދުالله މާހިލް ޝަހީމް ނިންމައިފި އެވެ.
އަދަދު އަށް އިތުބާރު ހިފޭ މަސްދަރަކުން ކަށަވަރުކޮށްދިން ގޮތުގައި މާހިލް މިއަދުގެ ވަގުތެއްގައި ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭނެ އެވެ. މިކަމާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދުއަށް ގުޅައި މެސެޖު ކުރުމުން ވެސް މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މި ނޫހަށް އެނގިފައިވާ ގޮތުގައި ވޭޕް ކުރާ ސާމާނު ފެނުނީ މާހިލް ރާއްޖެއަށް އައިއިރު ގެނައި ލަގެޖާއި ހަށިގަނޑުންނެވެ. ވަރަށް ގިނަ އަދަދެއްގެ ވޭޕު ސާމާނު މާހިލްގެ ހަށިގަނޑުގައި ބަނދެފައި ހުރި ކަމަށްވެ އެވެ.
އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ކަސްޓަމްސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެކަން ބަލައިލާނެ ކަމަށެވެ. އޭގެފަހުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ނަމަވެސް ނަން ނުޖެހުމަށް ޝަރުތުކޮށް މި ނޫހަށް މައުލޫމާތު ދިން ކަސްޓަމްސްގެ ބައެއް އޮފިޝަލުން ވަނީ އެކަން މި ނޫހަަށް ކަށަވަރު ކޮށްދީފަ އެވެ.
އެ އޮފިޝަލުން ބުނީ މާހިލް ހިފަހައްޓައި ޗެކު ކުރިއިރު، ވޭޕް ސާމާނު ފެނުނު ކަމަށެވެ. އެކަމަކު އޭނާ އަތުން ފެނުނީ ވޭޕާ ގުޅުންހުރި ކޮން ސާމާނެއް ކަމެއް އަދި ނޭނގެ އެވެ. އެ ތަކެތި ހިފެހެއްޓުމަށްފަހު އެއް މިލިއަން ރުފިޔާއިން މާހިލް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އެ އޮފިޝަލުން ބުންޏެވެ.
ވޭޕު އެތެރެ ކުރިކަން ފަޅާ އެރުމުން ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭން މާހިލް ނިންމައިފި ވޭޕު އެތެރެ ކުރިކަން ފަޅާ އެރުމުން ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާ ދޭން މާހިލް ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ