ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ ހައްޔަރުކޮށްފި

ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ހައްޔަރުކޮށްފި އެވެ. 
ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރީ ކޮލަމްބޯގައި ހުންނަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ހާޒިރުވުމަށް ފަހު ކަމަށް އެ ނޫސްތަކުން ބުނެ އެވެ.
ރަނިލް ހައްޔަރު ކުރީ އިނގިރޭސިވިލާތުގައި އޮތް ޔުނިވާސިޓީ ދަސްވެނިވުމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަތުމަށް ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ސަރުކާރުގެ ބަޖެޓުން ހަރަދު ކުރުވެއްވުމުން ކަމަށް އެ މަސްދަރުތަކުން ބުނެ އެވެ. އިންވެސްޓިގޭޓަރުން ބުނަނަނީ ބައިނަލްއަގުވާމީ ދަތުރެއްގެ ތެރެއިން ކުރި މި ދަތުރުފުޅަކީ ރަސްމީ ބޭނުމެއްގައި ކުރެއްްވި ދަތުރެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރެއްވުން ކަމަށެވެ.
 ކުރީގެ ޕްރެޒިޑެންޝަލް ސެކްރެޓަރީ ސަމަން އެކަނަޔަކަ އާއި ކުރީގެ ޕްރައިވެޓް ސެކްރެޓަރީ ސަންޑްރާ ޕެރޭރާއާ، މި ދަތުރުފުޅު އިންތިޒާމު ކުރި ގޮތާ ބެހޭ ގޮތުން މި މަހުގެ ކުރީކޮޅު ވަނީ ސުވާލުކޮށްފަ އެވެ. ރަަނިލް ވަނީ 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ވެރިކަން ކުރައްވައިފަ އެވެ. އަދި އޭނާއަކީ ސްރީލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން މި ފަހުން ހައްޔަރު ކުރި އެންމެ މަތީ ސިޔާސީ ޝަހުސިއްޔަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ