ޑީބީއެމްއިން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ސީއީއޯ އިސްތިއުފާ ދިނުމާ ދިނުމާ ހަމައަށް މުސާރަ ދީފައި ނެތް ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ވެއްދުމުންނެވެ.
މޯލްޑިވްސް ޑިވެލޮޕްމެންޓް (ޑީބީއެމް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް މަގާމުން ވަކިވުމާ ހަމައަށް ވެސް މުސާރަ ދީފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފި އެވެ.
ޑީބީއެމްއިން މިހެން ބުނެފައިވަނީ އިނގިރޭސިވިލާތުގެ ސީއީއޯ ނޮއެލް ގްރެގާ އެ ބޭންކުގެ އިސްވެރިޔާގެ މަގާމުން އިސްތިއުފާ ދިނުމާ ދިނުމާ ހަމައަށް މުސާރަ ދީފައި ނެތް ކަމަށް ބުނެ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ލުމާއި ގުޅިގެންނެވެ.
ޑީބީއެމްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކުރީގެ ސީއީއޯ މަގާމުން ވަކިވުމާ ހަމައަށް އޭނާ އަށް ހައްގު މުސާރަ ފުރިހަމައަށް ދީފައިވާނެ ކަމަށެވެ. އެ ބޭންކުން ބުނީ މި އަހަރުގެ މާޗު 20 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް ސީއީއޯ ހުށަހެޅުއްވި އިސްތިއުފާ އެ ބޯޑުން ވަނީ އެ ތާރީހުން ފެށިގެން ބަލައިގަނެ އެ ބޭންކަށް އެ މަހުގެ 23 އަންގާފައިވާ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ޑީބީއެލް ސީއީއޯ ވަކިވުމާ ހަމައަށް ވަނީ މުސާރަ ދީފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ