ދިވެހިރާއްޖޭގައި ރިސޯޓެއް ތަރައްގީ ކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފުރަތަމަ ފަހަރަށް ޝަރީއާ ކޮމްޕްލަޔަންސް އިސްލާމިކް ފައިނޭންސިން ހަމަޖައްސައިދީފި އެވެ.
ބީއެމްއެލްއިން ބުނީ އެ ބޭންކުން ޝަރީއާ ކޮމްޕަލަޔަންސް ކޯޕަރޭޓް ފައިނޭންސިން ހަމަޖައްސައިދިނީ ކ. އަތޮޅު ކަސަންފަރު ފަޅުގައި ލަގްޒަރީ ރިސޯޓެއް ތަރައްގީ ކުރަން ކަމަށެވެ.
މިއީ އިސްލާމިކް ފައިނޭންސިން ހަމަޖައްސައިގެން ރިސޯޓެއް އެއްކޮށް ތަރައްގީ ކުރާ ފުރަތަމަ ފަހަރެވެ.
ފަސް ތަރީގެ އެ ރިސޯޓު ތަރައްގީ ކުރަނީ އެލިއާ އިންވެސްޓްމެންޓްސް އާއި އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް އެކުވެގެން އުފައްދާފައިވާ ސެންޓޯރިކް ޕްވަރިވެޓް ލިމިޓެޑު ކިޔާ ޖޮއިންޓް ވެންޗާއަކުންނެވެ. އެޓްމޮސްފިއާ ކުންފުންޏަކީ މިހާރު ވެސް ރާއްޖޭގައި ގިނަ ރިސޯޓުތަކެއް ހިންގަމުންދާ ކުންފުންޏެވެ.
ރިސޯޓެއް ތަރައްގީ ކުރަން ފުރަތަމަ ފަހަރަށް ޝަރީއާ ކޮމްޕްލަޔަންސް ފައިނޭންސް ބީއެމްއެލުން ހަމަޖައްސައިދީފި ރިސޯޓެއް ތަރައްގީ ކުރަން ފުރަތަމަ ފަހަރަށް ޝަރީއާ ކޮމްޕްލަޔަންސް ފައިނޭންސް ބީއެމްއެލުން ހަމަޖައްސައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ