އޮޔާދިޔަ މީހާ އެއްގަމަށް ގެނައީ އެމްބީބީއޭގެ ކުރީގެ ރައީސް ފުކޫ

ފުކޫވަނީ އެމީހާ ގެންބެމުން ދިޔަތަން ފެނުމާއެކު ނޯތުހާބަރާ ދިމާ ބޭރަށް ފުންމާލައިގެން އެމީހާ އެއްގަމަށް ގެނެސް ދީފަ އެވެ.
ރާއްޖޭގެ އެންމެ މަޝްހޫރު އެއް ސާފަރު ކަމަށްވާ އަބްދުﷲ އަރީފް (ފުކޫ) އާއި އޭނާގެ ކޮއްކޮ ކައިރޭ އަރީފު ދިޔައީ ބޯޓަކުން އެއްޗެއް ނަގަން ނޯތް އާބަރަށެވެ.  ގޮސް ތޮށިގަނޑު ކައިރިން ދަނިކޮށް އެ ދެ މީހުންގެ ލޮލުގައި އަޅައިގަތީ ތޮށިގަނޑު ބޭރުން މީހަކު އޮޔާދާ މަންޒަރެވެ. ގިނަ ބަޔަކަށް އެ މަންޒަފު ފެނުނު ނަމަވެސް އޭނާ އަށް އެހީވާން ދާނެ މީހަކު ނުވެ އޮތީ އެވެ. 
އެކަމަކު، އެ މަންޒަރު ބަލަން ރާއްޖޭގެ މަޝްހޫރު ސާފަރު ރަންނަމާރި ޗެލެންޖް 1445 ގައި ސްޓޭންޑަޕް ޕެޑްލްބޯޑިން (އެސްޔޫޕީ) ސާފިން ޗެމްޕިއަން (ފުކޫ) މަޑެއް ނުކުރި އެވެ. ވަގުތުން އަތުގައި ހުރި ފޯނާއި އެނޫން ވެސް އެއްޗިހ ދޫކޮށްލުމަށްފަހު ތޮށިގަނޑުން ބޭރަށް ފުންމާލި އެވެ.
ސޯޝަލް މީޑިއާގައި ކައިރޭ އަފީފު އާއްމުކޮށްފައިވާ ފޮޓޯ ތަކުން ފެންނަ ގޮތުގައި މޫސުން ގޯސް މިއަދުގެ ހިނގި މި ހާދިސާގައި ފުކޫވަނީ ގެންބެމުން ދިޔަ މީހާ ގެނެސް އެއްގަމަށް އަރުވާފަ އެވެ. ފުކޫއަކީ ސާފިންގައި ކުޅަދާނަ ހުނަރުވެރި އެކެވެ. އާޓިފިޝަން ބީޗުގައި ލައިފް ގާޑުން ބަހައްޓަން ތަމްރީންކުރި ގައިޑުންގެ ތެރޭގައި ވެސް ހިމެނުނު ހުނަރުވެރިއެކެވެ. ކައިރޭ އަފީފު ބުނި ގޮތުގައި ގެންބެމުން ދިޔަ މީހާ ސަލާމަތް ކުރަން ފުންމާލީ ބޯޓަކުން ބެއި ފައްޗެއް ހިފައިގެންނެވެ."ފުރަތަމަ ފުކޫ ގޮވި އެ މީހާ ކައިރީ އައްދަށަށް އަންނާށޭ. އެކަމަކު އިރުކޮޅަކުން ފެނުނީ އެމީހާ އަޑިއަށްދާތަން. ވަގުތުން ފުކޫ ފުންމާލައިގެން އެމީހާ އައްދަށަށް ގެނެސް ދިނީ،" ކައިރޭ ބުންޏެވެ.ފޮޓޯތަކުން ފެންނަ ގޮތުގައި އެމީހާ ގެނައިއިރު އޮތީ ހަބަރު ހުސްވެފަ އެވެ. ކައިރޭ އަފީފު ބުނި ގޮތުގައި ގެންބުނު މީހާގެ ހާލެއް ނޭނގެ އެވެ. އެމީހާ ވަނީ ވަގުތުން ހޮސްޕިޓަކަށް ގެންގޮސްފަ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ