ތާރީހީ ދުވަހެއް | ބީއެމްއެލް އިސްލާމިކް ރިސޯޓެއް ތަރައްގީ ކުރަން ފައިނޭންސްކޮށްފި

މި މަޝްރޫއަށް ފައިނޭންސް ކުރި އަދަދެއް ގައުމީ ބޭންކުން ނުބުނެ އެވެ. ނަމަވެސް 118 ކޮޓަރީގެ ރިސޯޓަކަށް އެންމެ މަދުވެގެން 50 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ރިސޯޓް ތަރައްގީ ކުރާ ފަރާތްތަކުން އަންދާޒާ ކުރެ އެވެ.
ބީއެމްއެލް އިސްލާމިކުން ރިސޯޓެއް ތަރައްގީ ކުރަން ފުރަތަމަ ފަހަަރަށް ކުރި ފުލް އިންވެސްޓްމަންޓާއެކު ތާރީހުގެ ތެރެއަށް ވަދެއްޖެ އެވެ. 
ގައުމީ ބޭންކުގެ ތާރީހުގައި ވެސް އަދި ރާއްޖޭގެ އިސްލާމިކް ފައިނޭންސުގެ ތާރީހުގައި ބޮޑު މި މަޝްރޫއުގެ ދަށުން ބީއެމްއެލް އިސްލާމިކް އިން ފައިނޭންސްކޮށްފައިވަނީ ކ. ކަސަންފަރު ލޭގޫންގައި ރާއްޖޭގެ އެލިއާ ކޮންސްޓްރަކްޝަން އާއި ދުނިޔޭގެ އެންމެ މަޝްހޫރު ޓޫރިޒަމް އެއް ބްރޭންޑް ކަމަށްވާ އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ޖޭވީއިން ތަރައްގީ ކުރާ ރިސޯޓެކެވެ. މި މަޝްރޫއުގެ ދަށުން އިސްލާމިކް ފައިނޭންސް ވަސީލަތް ދީފައިވަނީ މި ދެ ކުންފުނި ގުޅިގެން ހަދާފައިވާ ސެންޓޮރިކް އައިލެންޑް ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށެވެ.
ތާރީހީ މި ބޮޑު ކާމިޔާބީއާ ބެހޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ މިއީ މޯލްޑިވްސްގައި އިސްލާމިކް ފައިނޭންސް އަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ."މިއީ ހަމައެކަނި ބީއެމްއެލް އިސްލާމިކްގެ ދަށުން ފައިނޭންސް ކުރެވޭ ފުރަތަމަ ރިސޯޓް މަޝްރޫއެއް ނޫން، މިއީ ރާއްޖޭގައި ފުރިހަމައަށް ފައިސާ ލިބޭ ފުރަތަމަ ޝަރީއަތަށް ތަބާވާ ރިސޯޓް ފައިނޭންސިން. ކޯޕަރޭޓް ސެކްޓަރަށް އިސްލާމިކް ފައިނޭންސިން އިންސްޓްރޫމެންޓްތަކަށް ޑިމާންޑް ބޮޑުވާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް،" ޝަރީފު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ކަސަންފަރު ލޭގޫންގައި ތަރައްގީ ކުރަނީ ފަސް ތަރީގެ ރިސޯޓެވެ. މި ތަނުގައި 118 ކޮޓަރި ހުރެ އެވެ. ނަމަވެސް މި މަޝްރޫއަށް ބީއެމްއެލް އިސްލާމިކް އިން ފައިނޭންސް ކުރި އަދަދެއް އެ ބޭންކުން ބުނެފައެއް ނުވެ އެވެ. ނަމަވެސް ރާއްޖޭގައި ރިސޯޓް ތަރައްގީ ކުރާ ފަރާތްތަކުގެ އަންދާޒާއިން ދައްކާ ގޮތުން މިއީ 50 މިލިއަން ޑޮލަރު، ގާތްގަނޑަކަށް 771 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓެވެ.ގައުމީ ބޭންކުން ޓޫރިޒަމް ސިނާއަތުގެ މަޝްރޫއަކަށް ފުލްކޮށް ފައިނޭންސް ކުރުމަކީ އެ ބޭންކުގެ މާލީ ގާބިލްކަން އިންވެސްޓަރުންގެ މެދުގައި ބޮޑުވާނެ ކަމެވެ. އަދި މިކަމުގެ ސަބަބުން ބޭންކުގެ ޑޮލަރުގެ ލިއެޑިޓީ ދަމަހައްޓަންވެސް ބާރު އެޅިގެންދާނެ އެވެ. މި މަޝްރޫއަށް ފައިނޭންސް ދިން ބްރޭންޑް އެޓްމޮސްފިއާ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުންޏަކީ ރާއްޖޭގައި ނުވަ ރިސޯޓު ހިންގާ ކުންފުންޏެކެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ