ޕްރިފެރެންޝަލް ވޯޓިންގެ ކުރިން މިކަންކަން އިސްލާހުކުރަންޖެހޭ
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އުވާލައި ޕްރިފެރެންޝަލް ވޯޓަކަށް ދިއުމުގެ ކުރިން ދައުލަތުގެ ލެވެލްގައި ކުރަން ޖެހޭ މުހިންމު ކަންކަން އެބަހުރި ކަމަށް ކުރީގެ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދު ވިދާޅުވެއްޖެ އެވެ. ރިޔާސީ އިންތިހާބު ބާއްވާ ގޮތް ބަދަލުކުރުމާ ގުޅޭ ގޮތުން ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެ މަނިކުފާނުގެ އަމިއްލަފުޅު ވިސްނުމަކީ ރިޔާސީ އިންތިހާބުގައި ދެވަނަ ބުރަށް ނުގޮސް ފުރަތަމަ ބުރާ ހިސާބުން ބޭފުޅަކު ކަނޑައެޅުމެވެ. އެހެންވެ، ޕްރިފަރެންޝަލް ނިޒާމަކަށް އަމަލުކުރަން މިހާރު ވެސް އެޓާނީ ޖެނެރަލް އޮފީހުން އަންނަނީ ދިރާސާތައް ކުރަމުން ކަމަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރައީސް ވިދާޅުވި އެވެ."މާނައަކީ އެއްބުރުން [ރިޔާސީ އިންތިހާބު] ނިމޭނެ. އެއްބުރުން އެއްވަނަ، ދެވަނަ ސާފުވާ ގޮތަށް، އަޅުގަނޑު ހިތުން ބައެއް ގައުމުތަކުގައި، އަވައްޓެރި ބައެއް ގައުމުތަކުގައި ވެސް އޮވޭ އެހެން. އެކަމަކު، ދިރާސާ ކޮށްފައި އަޅުގަނޑު ގަސްދުކުރަން އެއީ އަޅުގަނޑުމެންގެ ގައުމަށް އެންމެ ރަނގަޅު ގޮތް ކަމަށް ވަންޏާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، އެކަން އެދޭ ކަމަށް ވަންޏާ ދެން އަންނަ ރިޔާސީ އިންތިހާބުން ފެށިގެން ދެ ބުރު ނޯންނަ ގޮތަށް، އެއްބުރުން މީހަކު ހޮވައި ނިންމޭ ގޮތަށް ކަންކަން ބަދަލުކުރަން،" ރައީސް އޭރު ވިދާޅުވި އެވެ.އެ މަނިކުފާނު ވިދާޅުވިގޮތުގައި އޭރުން ހަރަދު ވެސް ކުޑަކުރެވޭނެ އެވެ. ރައީސް މުއިއްޒު ވިދާޅުވީ، އެފަދަ ބައެއް މުހިންމު ކަންކަން ތައާރަފު ކުރުމަށްޓަކައި ރައްޔިތުންގެ ގާތު އަހައިގެން ނިންމުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށެވެ. ޕްރެފަރަންޝަލް ވޯޓިން ނިޒާމެއްގެ ދަށުން ވެރިއަކު ހޮވުމަށް ތާއީދުކުރައްވާކަން ރައީސް އެންމެ ފަހުން ހާމަކުރެއްވީ އާންމުންނަށް ވަދެވޭގޮތަށް މިއަދު ހުޅުވި އެ މަނިކުފާނުގެ ރަސްމީ ވަޓްސްއެޕް ގުރޫޕުގަ އެވެ."އަޅުގަނޑު ވަކާލާތުކުރަމުން މިއަންނަ ވޯޓިން ނިޒާމަކީ ޕްރެފަރަންޝަލް ވޯޓިންގެ ނިޒާމު،" އިނގިރޭސިން ރައީސް އެ ގުރޫޕަށް ފޮނުއްވި މެސެޖުގައި ކުރުކޮށް ލިޔުއްވާފައިވެ އެވެ.ޕްރެފަރަންޝަލް ވޯޓިން ނިޒަމަކީ ބައެއް ގައުމުތަކުގައި ވެސް މިހާރު ވެސް ވޯޓް ނަގާ ގޮތެކެވެ. ރައީސްގެ މި ވާހަކަތަކާއި ގުޅިގެން ސަވާދު "އެކްސް" ގައި ވިދާޅުވީ ޕްރެފެރެންޝަލް ވޯޓިން އަކުން އާންމު ރައްޔިތަކަށް ވާނެ އިތުރު މޮޅެއް ނެތް ކަމަށާއި ރާއްޖޭގަ ސިޔާސީ ރާޒުވާ ކުޅިބައި ދުވަނީ ފޮރުވިފަވާ ކަޅު ފައިސާޔާ ފަސާދައިން މަންފާ ހޯދާ ބަޔަކު ބޭނުންވާ ގޮތަށް ކަމަށެވެ. އެއީ އާންމު ރައްޔިތަކަށް އަތްފޯރާ ހިސާބެއްގެ ހިނގާ ކަންކަމެއް ނޫން ކަމަށް ސަވާދު ވިދާޅުވި އެވެ. ސަވާދު އިތުރަށް ވިދާޅުވީ ޕްރިފެރެންޝަލް ވޯޓިން ވާހަކަ ދެއްކުމުގެ ކުރިން އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން: ފަނޑިޔާރުގެ މިނިވަންކުރުންބައިތުލްމާލުން ކުރި/ކުރާ ވައްކަން ހުއްޓުވާ ވަގުން ހައްޔަރުކުރުންދޮގާ ފަސާދަ ވިއްކާ މީހުނަށް ހާކިމުގެ މަގާމު ހަވާލުނުކުރުންރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުކަމާއި ޓޫރިޒަމް މިނިސްޓަރުކަން ކުރެއްވި ސަވާދަކީ، ޕްރިންސިޕަލް އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު ކޮއްކޮ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ