އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތުތަކާ ދެކޮޅަށް "ހޭންޑްސް އޯފް" ގެ ނަމުގައި އިދިކޮޅު ސަޕޯޓަރުން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރަން ފަށައިފި އެވެ.
އެމެރިކާގެ 50 ސްޓޭޓުގައި ކުރި އެ މުޒާހަރާތަކުގައި 250،000 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މުޒާހަރާތަކުގައި ޓްރަމްޕުގެ އިތުރުން އޭނާގެ އެޑްވައިޒަރު، ބިލިނިއަރު އީލޯން މަސްކްއާ ދެކޮޅަށް ވެސް އަޑު އުފުލާފައިވެ އެވެ.
މުޒާހަރާގެ ބައިވެރިން ބުނީ ޓްރަމްޕްގެ ސިޔާސަތުތަކާ ހެދި އެމީހުންގެ ވަޒީފާތައް ގެއްލުމުގެ ބިރާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
މިއީ ޓްރަމްޕު މިދިޔަ ޖެނުއަރީގައި ވެރިކަމާ ހަވާލުވި ފަހުން އެމެރިކާގައި ސަރުކާރާ ދެކޮޅަށް އަޑު އުފުލައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.
ޓްރަމްޕުގެ ސަރުކާރުން ދެ ލައްކައަށްވުރެ ގިނަ ފެޑެރަލް މަގާމަށް ބަދަލު ގެނެސް އިނާޔަތްތައް ކުޑަކުރި އެވެ. އޭގެ ތެރޭގައި އިންޓާނަލް ރެވެނިއު ސާވިސް އަދި ސޯޝަލް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން ހިމެނެ އެވެ.
މީގެއިތުރުން ޓްރަމްޕު ވަނީ 60 ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ޓެރިފް ބޮޑުކުރަން ނިންމައި، އެ ގައުމުތައް ދާދި ފަހުން އިއުލާން ކުރައްވާފަ އެވެ.
ޓްރަމްޕުގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަން ފަށައިފި ޓްރަމްޕުގެ ސިޔާސަތުތަކާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ