ރޯދަމަހަށް ސަރުކާރުން ދޭ މަސްދަޅު ކޭސް ބަހަން ފަށައިފި ސްޓޮކްގައި ހުރި ބޭސްތައް ވަގުތުން ބެލޭގޮތަށް އޮންލައިން ޕްލެޓްފޯމެއް ޤާއިމްކުރަނީ ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންޑިޔާއަށް ސްޓެލްކޯ ފްލެޓް ޓަވަރުގެ 9ވަނަ ފަންގިފިލާއިން މީހަ

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީޑިއާ ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މީޑިއާ ކައުންސިލްގެ އާންމު މެންބަރެއްގެ މަގާމު ހުސްވެފައިވުމުގެ އިތުރުން މީޑިއާތައް ތަމްސީލުކުރާ މެންބަރެއްގެ މަގާމު އަންނަ އެޕްރީލް މަހުގެ 28 ވަނަ ދުވަހު ހުސްވާތީ އެ ދެމަގާމަށް ދެ މެންބަރުން އިންތިހާބު ކުރުމުގެ ގޮތުންނެވެ.
ޔޫތު މިނިސްޓްރީން ބުނި އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތައް ކަމަށެވެ. އަދި ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރު ކަމަށާއި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 ދައުރު އަދާ ނުކުރެވޭނެކަން ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން ޔޫތު މިނިސްޓްރީން ބުނީ އާންމު މެންބަރުން ކަނޑައެޅުމުގައި ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވާ ފަރާތްތަކާއި އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަން (ހާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގައި) މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ