ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތުނބުޅި އާއި މަތިމަސް ބެހެއްޓޭނެ ގޮތް ހެދުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރަށް ޢާއްމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން މިއަދު ކުރި އިޢުލާނުގައި ބުނެފައިވަނީ ޤަރާރާއި ބެހޭގޮތުން ޚިޔާލެއް ނުވަތަ ކޮމެންޓެއް ހުށަހަޅަން ބޭނުންވާނަމަ، މަޖިލީހުގެ އިގްތިސާޑީ ކޮމިޓީގެ އީމެއިލް [email protected] އަށް ފޮނުވުމަށެވެ. މި ޤަރާރަށް ޚިޔާލު ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
މި ޤަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އެވެ.
ޒާކިރުގެ ޤަރާރުގައި ޓުރިސްޓް ރިސޯޓު އަދި ހޮޓާ ތަކުގައި މަސައްކަތްކުރަމުންދާ މުވައްޒަފުން ތަބާވާން ޖެހޭ ގްރޫމިން އަދި ހެދުންއެޅުމުގެ އުސޫލުތައް ހުރިގޮތުގެ ސަބަބުން ބުރުގާ އެޅުމަށާއި ޑީސެންޓުކޮށް ތުނބުޅި މަތިމަސް ބެހެއްޓުމަށް މުވައްޒަފުންނަށް ހުރަސްތަކާއި ކުރިމަތިވާ ކަމަށާއި އެ ހުރަސްތައް ނައްތާލައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނާ ގުޅޭ ގްރޫމިން އަދި ހެދުން އެޅުމުގެ އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވައިލުމަށް
މި ޤަރާރު މަޖީލީހަށް ބަލައިގެންފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުންގެ އިއްތިފާގުންނެވެ.
ރިސޯޓު މުވައްޒަފުންގެ ތުނބުޅި މަތިމަސް ބެހެއްޓުމާބެހޭ ޤަރާރަށް ޢާއްމުންގެ ޚިޔާލު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ