އަމާނާތަކާފުލްގެ ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލް އިން ހައްޖު އަދި އުމްރާގެ މާތް އަޅުކަން އަދާކުރަން ދާ ފަރާތްތަކަށް ލިބޭ ގެއްލުންތައް ކުޑަ ކޮށްދިނުމަށް ޕެކޭޖެއް ތައާރަފް ކޮށްފި އެވެ.
އަމާނާތަކާފުލް އިން ބުނީ، ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލްގެ ޕެކޭޖް 359 ރުފިޔާއަށް ނެގޭއިރު، މި ޕެކޭޖަކީ ހައްޖު އަދި އުމްރާ ކުރަން ދަތުރު ކުރާ ފަރާތްތަކަށް ދިމާވެދާނެ ތަކުލީފަކުން ކުރިމަތިވެދާނެ މާލީ ގެއްލުން ކުޑަ ކޮށްދިނުމަށް އެހީތެރިވުމަށް ތައާރަފްކުރި ޕެކޭޖެއް ކަމަށެވެ.
ނިވާ ހައްޖު އެންޑް އުމްރާ ތަކަފުލްގެ ޕެކޭޖްތައް ލިބެނީ 30 ދުވަހަށް ކަމަށާއި، ޕެކޭޖަށް އެޕްލައި ކުރުމަށް އޮންލައިންކޮށް އަމާނަ ތަކަފުލްގެ ވެބްސައިޓް https://takaful.mv އޮންލައިން ކޮށް ބައްލަވައި ގަނެވޭނެ އަދި ޕްރޮޕޯސަލް ފޯމާއި ޕާސްޕޯޓް ކޮޕީ އަމާނާތަކާފުލްގެ އޮފީސް، ހ.ޕަލްމޭރާ، ސޯސަންމަގަށް ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.
ނިވާ ހައްޖު އެންޑް އުމްރާ ތަކާފުލް ޕެކޭޖް: ކުރިމަތިވާ މާލީ ގެއްލުންތައް ކުޑަކޮށްދޭ ނިވާ ހައްޖު އެންޑް އުމްރާ ތަކާފުލް ޕެކޭޖް: ކުރިމަތިވާ މާލީ ގެއްލުންތައް ކުޑަކޮށްދޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ