ކާންސް ފެސްޓިވަލްއިން އަލަށް ނެރުނު ގަވައިދުތަކާ ޚިލާފުވީ ކޮން ބަޔެއް؟

މުޅި ފިލްމު އިންޑަސްޓްރީގައި ވެސް އެންމެ ގިނަ އަދަދަކަށް ފޮޓޯ ނަގާ އެއް ހަރަކާތް ކަމަށްވާ ކާންސް ފިލްމު ފެސްޓިވަލް ބޭއްވުމުގެ ދުވަސްތަކެއް ކުރިން، އެ ފެސްޓިވަލް އިންތިޒާމު ކުރާ ފަރާތްތަކުން ވަނީ ހެދުން އެޅުމުގައި ގެންގުޅެން ޖެހޭ އައު ގަވައިދުތަކެއް އާންމުކޮށްފައެވެ. އެހެންމަވެސް އެ ގަވައިދުތަކާ ޚިލާފުވި ބައެއް ތަރީން ވެސް ކާންސްގެ ރަތް ދޫލަ މަތިން ފެނުނެވެ. ކާންސް އިންތިޒާމުކުރާ ފަރާތްތަކުން މި ހަފުތާގެ ކުރީކޮޅު ނެރުނު ބަޔާނުގައި ވަނީ މިފަހަރު ރަތް ދޫލަ މަތީގައި މާ ބޮޑު، ދިގުކޮށް ހުންނަ ހެދުން ނުލުމަށް އެދިފައެވެ. އެއީ ހެދުން މާ ބޮޑު ނަމަ، ފިލްމު ފެސްޓިވަލްގައި މީހުން އިށީނދެގެން ތިބެން ޖެހޭ ގޮތަށް ބަދަލުގެންނަން ޖެހޭ ހާލަތްތައް އަންނާނީ ކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން މިފަހަރު ރަތްދޫލަ މަތީގައި މާ ބޮޑަށް ހަށިގަނޑު ފާޅުވާ ފަދަ ހެދުންތައް ނުލުމަށް ވެސް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން ވަނީ ގަަވައިދުތަކުގައި ހިމަނައިފައެވެ. އެ ފަރާތްތަކުން ހިތްވަރު ދީފައި ވަނީ ކޮކްޓެއިލް ހެދުންތަކާއި ކަޅު ކުލުގައިގެ ހެދުންތައް ލުމަށެވެ. އަދި ފިރިހެނުންނަށް ކަޅުކުލައިގެ ނުވަތަ އަނދިރި ކުލަތަކުގެ ސޫޓު ނުވަތަ ޓަކްސީޑޯ ލުމަށެވެ. އެ ގަވައިދުތަކަށް އަމަލުކުރަން ޖެހެނީ، 12 ދުވަހަށް ކުރިއަށްދާ އެ ފެސްޓިވަލުގައި ތިއޭޓަރު ލުމިއާގައި ހަވީރުގަޑީގައި އޮންނަ ސްކްރީނިންތަކަށް ދާ މީހުންނަށް އެކަންޏެވެ. އެހެން ނަމަވެސް ސޯޝަލް މީޑިއާގައި ދަައުރުވަމުން އަންނަ ފޮޓޯތަކަށް ބަލާއިރު، ބައެއް މީހުން ގަވައިދުތަކަށް އަމަލުނުކުރާކަން ވަނީ ފަހަގަވެފައެވެ. އޭގެ ތެރޭގައި: ހައިޑީ ކްލޫމް ކާންސް ރަތް ދޫލަ މަތީގައި ހައިޑީ: ބޮޑެތި ހެދުންތައް ނުލުމަށް އެދިފައިވީ ނަމަވެސް، އޭނާ ފެނިފައިވަނީ ވަރަށް ދިގު ހެދުމެއްގައި -- ފެސްޓިވަލްގައި ބޮޑެތި ހެދުމާއި ދިގު ޓްރެއިންތައް ލާފައި ހުންނަ ހެދުންތައް ނުލުމަށް އެދުނު ނަމަވެސް، އެކަމަށް ސީދާ ގޮންޖެހި އެއް އެކްޓަރަކީ ހައިޑީ ކްލޫމްއެވެ. ޑްރާމާ ބޮޑު މި ފްލޯރަލް ހެދުމަކީ މަޝްހޫރު ޑިޒައިނާ ބްރޭންޑު އެލީ ސާބްގެ ހެދުމެކެވެ. ފަރްހާނާ ބޯޑީ ކާންސްގައި ފަރްހާނާ ބޯޑީނެޓްފްލިކްސްގެ ރިއަލިޓީ ޝޯއެއް ކަމަށްވާ ދުބާއި ބްލިންގްއިން މަޝްހޫރުކަން ހޯދި ފަރްހާނާ ބޯޑީގެ މި ތަފާތު ހެދުމަކީ ފެސްޓިވަލްގެ ޑްރެސްކޯޑް ލިމިޓްތައް ޓެސްޓުކޮށްލަން ލީ ހެދުމެއްތޯ ވެސް ބައެއް މީހުން ސުވާލުކުރަމުން އެބަދެއެވެ. މަޑު ފިޔާތޮށި ކުލައެއްގެ މި ހެދުމަކީ އެޓެލިއާ ޒުހްރާގެ ގައުންއެކެވެ. ރެޖީނާ ވާން ކާންސްގެ ރެޑް ކާޕެޓްގައި ރެޖީނާ ވާން ޗައިނާއަށް ނިސްބަތްވާ އެކްޓްރެސް ރެޖީނާ ވާންގެ ހެދުން ހީވީ ހުދު ވިލާގަނޑެެއް ހެންނެވެ. އަނެއްކާވެސް ކާންސް ފެސްޓިވަލްގެ ޑްރެސް ކޯޑާ ޚިލާފަށް ލައިގެން ހުރި މި ތޫލް ފޮތީގެ ހެދުމަކީ ވޭންގް ފެންގެ ކޮޓުއާގެ އުފެއްދުމެކެވެ. އައިރީނާ ޝައިކް ކާންސްގެ ރެޑް ކާޕެޓްގައި އައިރީނާ ސުޕަ މޮޑަލް އައިރީނާ ޝައިކްގެ އަރްމާނީ ޕްރައިވް ކޮޓުއާ ބްރޭންޑުގެ މި ހެދުން ކާންސްގެ ޑްރެސް ކޯޑަށް ނުފެތޭއިރު، މިއީ މިފަދަ ހަފުލާއަށް ލާވަރަށް ވުރެ ހަޑި ހެދުމެއް ކަމަށް ވެސް ބައެއް މީހުން ބުނެއެވެ. އުރްވަޝީ ރައުޓެލާ ކާންސްގައި އުރްވަޝީ ރަތް ދޫލަތަކުގައި ސަމާލުކަން ހޯދަން އުރްވަޝީއަށް އެނގޭއިރު, މި ފަހަރުގެ ހަފުލާގައި ލައިގެން ހުރި އަވަންގާޑް މައިކަލް ސިންކޯގެ މާސިންގާ ހެދުމުންވެސް މިވަނީ އެކަން ކޮށްފައެވެ. ހެދުމެކޭ އެއްގޮތަށް، އޭނާ ހިފަހައްޓައިގެން ހުރި ޖުޑިތް ލޭބާ ބްރޭނޑުގެ، ދޫންޏެއް ގޮތަށް ފަރުމާކޮށްފައިވާ ކްލަޗް ޕާސްއަށްވެސް ހަމަ އެހާ ސަމާލުކަން ލިބުނެވެ. ޑްރެސް ކޯޑަށް ފިޓުނުވާ މި ހެދުމަށް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ހެލީ ބެރީ ކޭންސްގައި ހެލީ ބޭރީ ކާންސްއަށް އަންނައިރު، ހެދުމުގެ ފަހަތުގައި އޮންނަ ޓްރެއިން ބައި ދިގު ނުކުރާން މެމޯގައި އޮތް އިރު ހެލީ ބެރީވެސް ހެދުން އަޅައިފައިވަނީ އެ ގަވައިދާ ޚިލާފުވާ ގޮތަކަށެވެ. ފިޔާތޮށްޓާއި ކަޅު ކުލައިގެ މި ބަބުލް ހެދުމަކީ ސީލިއާ ކްރިތަރިއޮޓިގެ އުފެއްދުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ