މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) ވެގެންދާނީ، ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކަށް ވުމަށް ކުރާ ދަތުރުގެ ފެށުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެމްއައިއެފްސީ ގއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މަތީ ފަންތީގެ ބައިނަލްއަގްވާމީ އިއްޒަތްތެރީންވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުން ރަމްޒުކޮށްދެނީ ހިންމަތާއި، އުފެއްދުންތެރިކަމާއި، ބަދަލުގެ ރޫހުން ތަފްސީލުކޮށްދޭ، އާ ބާބެއްގެ ފެށުން ކަމުގައި ސަރުކާރުން ބުނެ އެވެ.
Advertisement
އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތު
އެމްއައިއެފްސީ ތައާރަފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އެ މަރުކަޒު ސިފަކުރައްވާފައިވަނީ، ފުރުސަތުތަކާއި، ވިލުންތެރިކަމާއި، ޝަރަފުވެރިކަމުން ދިވެހިން ބާރުވެރިކޮށްގެން ދިވެހި އިގްތސދު ސިންދަފާތުކުރުމަށް ކުރައްވާ މަސައްކަތައް ދެއްވާ އިތުބާރެއްގެ ގޮތުގައެވެ. އަދި މިއީ، މާލިއްޔަތާއި، ދެމެހެއްޓެނިވި އަދި ޙަޟާރީ ދިރިއުޅުމެއްގެ މަތީ ބިނާކުރާ މުސްތަގުބަލަކަށް ދިވެހިން ތައްޔާރަށް ތިބިކަން ދުނިޔެއަށް އަންގައިދޭ ނިޝާނެއްގެ ގޮތުގައެވެ.
ރައީސަ ވިދާޅުވީ، އެ މަރުކަޒަކީ 2040 ވަނަ އަހަރު އަންނައިރު ދިވެހިރާއްޖެއަކީ ތަރައްގީ ވެފައިވާ ގައުމަކަށް ހެދުމަށް ކުރާ ދަތުރުގެ ފެށުން ކަމުގައެވެ. ދިވެހިން މި އާދަޔާ ހިލާފު ދަތުރު ފެއްޓީ، ސާފު އަމާޒެއް ހިފައި، ޔަގީންކަމާއެކު، އީޖާބީ ވިސްނުމެއްގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތު
ދިވެހިރާއްޖެ އަކީ ހަމައެކަނި މަންޒިލެއް ނުވަތަ ކުޑަ ޖަޒީރާ ގައުމެއް ނޫންކަމަށާ ދިވެހިރާއްޖެ އަކީ ހިންދު ކަނޑުގެ އިގްތިސާދީ އަދި ޑިޖިޓަލް ބަދަލުގެ ތެރޭގައި ހިމެނޭ "ސްމާޓް ޖަޒީރާ ގައުމެއް" ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މާޒީގެ މޮޑެލްތައް ނަކަލުކުރުމުގެ ބަދަލުގައި ރާއްޖެއިން ގެންގުޅޭނީ، ސަރަހައްދީ އިންތައް ފަހަނައަޅައިދާފަދަ، ޑިޖިޓަލް ފަސްޓް އަދި ޝާމިލު މާލީ ވެއްޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތު
މީގެ އިތުރުން، އެމްއައިއެފްސީ އިން އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ ހޯދޭނޭކަމަށް ހިސާބުތަކުން ދައްކާ ހިނދު، އަދި އެއީ ގައުމީ އުފެއްދުންތެރިކަމުގައި މުހިންމު ހިއްސާއެއް އަދާކުރާނޭ މަޒުކަޒަކަށް ވެގެންދާނޭކަމަށް އަންދާޒާ ކުރެވޭއިރު ސިނާއީ ގޮތުން ހުރި ފުރުސަތުތަކަށް ހަލުވި ދުވެލީގައި ވާސިލުވުމަށް ވެވޭ އެހީއަކަށް މި މަޒުކަޒު ވެގެންދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ހިއްސާކުރައްވާފައި ވަނީ، އެމްއައިއެފްސީގެ އެހީގައި މުޖުތަމަައަށް ދިރުންގެނުވައި، ދިވެހި އެތައް ޖީލުތަކަކަށް ފަހި ފުރުސަތުތައް އުފެދިގެންދާނޭ ކަމުގެ ތަސައްވުރެކެވެ.
އެމްއައިއެފްސީ ގާއިމުކުރުމާ ގުޅޭގޮތުން ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރުމަށް މިރޭ ކުރުނބާ މޯލްޑިވްސް ގައި ބޭއްވި ރަސްމިއްޔާތު
މިރޭގެ ރަސްމިއްޔާތުގައި، އެމްއައިއެފްސީ ގާއިމުކުރާ ގުޅޭގޮތުން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިން އާއި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާ ދެމެދު ޖޮއިންޓް ވެންޗާ އެއްބަސްވުމާއި ފަހުމުނާމާގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައެވެ.
ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. އަދި އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ފަރާތުން ސޮއިކުރެއްވީ ޗެއާމަން، މަރްވާން އަލްހަޖޭރީ އެވެ.
އެމްއައިއެފްސީ ވެގެންދާނީ ރާއްޖެ ތަރައްގީ ވެފައިވާ ގައުމަކަށް ކުރާ ދަތުރުގެ ފެށުމަށް: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ