އެމެރިކާ ސަފީރު ރާއްޖެ ދޫކޮށް އެހެން ވަޒީފާއަކަށް ދަނީ އެމެރިކާ ސަފީރު ރާއްޖެ ދޫކޮށް އެހެން ވަޒީފާއަކަށް ދަނީ

އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ހޫގޯ ޔޮން ރާއްޖެ ދޫކޮށް އެހެން ވަޒީފާއަކަށް ދިޔުމަށް ނިންމައިފި އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔޮން ވަނީ އޭނާ ރާއްޖެ ދޫކޮށް ދިޔުމަށް ނިންމާފައިވާކަން ބައެއް ފަރާތްތަކަށް އަންގަން ފަށާފަ އެވެ.
ޔޮން ދަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ އިސް މަގާމެއް ފުރުމަށެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އެމެރިކާ ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.
އެމެރިކާއާއެކު 1966 ވަނަ އަހަރު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރި ފަހުން، ރާއްޖެއަށް ހާއްސަ އެމްބަސަޑަރެއް ހަމަޖެއްސީ މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ސެޕްޓެމްބަރު، 2023، ގަ އެވެ. އެމްބެސަޑަރަކަށް ހަމަޖެއްސީ ހޫގޯ ޔޮން އެވެ.
އެމެރިކާގެ އެމްބަސީ ހިންގަމުން އަންނަނީ ހުޅުމާލޭގައި ތަނެއް ކުއްޔަށް ހިފައިގެންނެވެ. އެކަމަކު، އެމްބަސީއަށް ހާއްސަ ބިމެއް ހަމަ ހުޅުމާލެއިން ވަނީ ހަމަޖައްސައިދީފަ އެވެ. އެ ބިމުގައި އިމާރާތް ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ.
ހަރަދު ކުޑަ ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ހުޅުވި އެމެރިކާގެ އެމްބަސީ ބަންދުކުރަން ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ނިންމަވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ