އަލަށްނެރޭ ސިރީ އާމެދު އެޕަލްގެ މުވައްޒަފުންގެ ކަންބޮޑުވުން

އެޕަލްގެ އާ އޮޕަރޭޓިން ސިސްޓަމް ކަމަށްވާ އައިއޯއެސް 26.4ގައި ތަޢާރަފުކުރަން ހަމަޖެހިފައިވާ، އައު ސިރީގެ ޕާފޯމަންސާ މެދު އެޕަލްގެ ބައެއް ސޮފްޓްވެއާ އިންޖިނިއަރުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ބްލޫމްބާގްގެ މަޝްހޫރު ނޫސްވެރިޔާ މާކް ގާމަން އޭނާގެ "ޕަވާ އޮން" ނިއުސްލެޓާގައި ބުނެފައިވާ ގޮތުގައި، މި އަލަށް ބަދަލުކުރެވޭ ސިރީގެ މަސައްކަތް ކުރާ ގޮތާ މެދު އެޕަލްގެ މުވައްޒަފުންގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. ނަމަވެސް، މި ކަންބޮޑުވުންތަކުގެ ތަފްސީލެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ. https://sun.mv/202694 އައިއޯއެސް 26.4 ގައި ތަޢާރަފުކުރެވޭ ސިރީ ގެ މި ބަދަލުތަކަކީ އެޕަލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ސިސްޓަމް ކަމަށްވާ "އެޕަލް އިންޓެލިޖެންސް" ގެ ބާރު ލިބިގެން އަންނަ ބަދަލުތަކެކެވެ. އެޕަލް އިން 2024 ވަނަ އަހަރުގެ ޑަބްލިއުޑަބްލިއުޑީސީގައި މި އާ ސިރީ ތަޢާރަފުކުރިއިރު، މައިގަނޑު ތިން ކުޅަދާނަކަމެއް ހިމެނޭނެ ކަމަށް ބުނެފައިވެއެވެ. އެއީ އޮން-ސްކްރީން އެވެއާނަސްއާއި، ޕާސަނަލް ކޮންޓެކްސްޓް އަދި އިން-އެޕް ކޮންޓްރޯލްސް އެވެ. މިސާލަކަށް، ފްލައިޓް ނުވަތަ ލަންޗް ރިޒަވޭޝަންގެ ޕްލޭންތަކާ ގުޅޭގޮތުން ސިރީ އާ ސުވާލުކުރުމުން، މެއިލް ނުވަތަ މެސެޖް އެޕްތަކުން އެ މައުލޫމާތު ނަގައިގެން ޖަވާބު ދިނުމުގެ ގާބިލިއްޔަތު މި އާ ސިރީ އަށް ލިބިގެންވާކަން އެޕަލް އިން ވަނީ ދައްކާލާފައެވެ. އައިއޯއެސް 26.4 އާންމުކުރާނެ ކަމަށް ބެލެވޭ ތާރީޚަކީ ކުރިއަށް އޮތް އަހަރުގެ މާޗް ނުވަތަ އެޕްރީލް މަހެވެ. މާނައަކީ، އެޕަލް އަށް މިހާރު ވެސް މި މައްސަލަތައް ހައްލުކުރުމަށް ހައެއްކަ މަސްދުވަހުގެ ވަގުތު އެބައޮތެވެ. އެޕަލްގެ ސީއީއޯ ޓިމް ކުކް ޖުލައި މަހު ވިދާޅުވީ، މި އާ ސިރީ ގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަމަށާއި، މި ފީޗާތައް އަންނަ އަހަރު ތަޢާރަފުކުރެވޭނެ ކަމަށެވެ. ނަމަވެސް، މިހާރު ފާޅުވެފައިވާ ކަންބޮޑުވުންތައް ދެމިގެންދާނަމަ، އައިއޯއެސް 26.4 އާއެކު ވެސް މި ފީޗާތައް އާންމުކުރުން ލަސްވެގެންދިއުމަކީ އެކަށީގެންވާ ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ