32 ރަށެއްގައި "ޕިންކް ރިބަން ރަން ވޯކް" ބާއްވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ކެންސަރު ސޮސައިޓީ ގުޅިގެން "ޕިންކް ރިބަން ރަން ވޯކް" އިއްޔެ ބާއްވައިފި އެވެ.
މިއަހަރުގެ ޕިންކް ރިބަން ރަން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އިތުރުން 32 ރަށެއްގައި އަދި ތިން ރިސޯޓެއްގައި ވެސް ބާއްވާފައިވެ އެވެ.
"ޕިންކް ރިބަން ރަން ވޯކް" ހަރަކާތަކީ ކެންސަރަށް ހޭލުންތެރިކަން އިތުރު ކޮށް ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކަށް ފޯރު ކޮށްދޭ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވާން ބީއެމްއެލްގެ މާލީ އޭހީތެރި ކަމާއެކު ހިންގާ ހަރަކާތެކެވެ.
ބީއެމްއެލް އިން 2016 ވަނަ އަހަރުން ފެށިގެން ކެންސަރު ސޮސައިޓީގެ "ޕިންކް ރިބަން ރަން-ވޯކް" އަށް އެހީތެރިކަން ދެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ