ދެބެއިންގެ މެދުގައި މާރާމާރީއެއް؛ އެކެއްގެ ފަލަމަސްގަނޑަށް ވަޅިޖެހުމުން މައިނާރުވެސް އޮތީ ބުރިވެފައި

ހުޅުމާލޭ އެޕާޓްމަންޓެއްގެ ތެރޭގައި ދެބެންގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެލެއް ގަޔަށް ވަޅިޖަހައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ. 
ފުލުހުން ބުނީ، ހުޅުމާލެ ހިޔާ 8 ވަނަ ޓަވަރު އެޕާރޓްމަންޓެއްގައި އަޑުގަދަ ކުރާމަކަށް މިއަދު ފުލުހުންނަށް ރިޕޯޓް ކުރުމުން އެ އެއެޕާރޓްމަންޓަށް ފުލުހުން ދިޔަ ކަމަށެވެ.
އަދި ގޮސް ބެލިބެލުމުން އެއީ ދެބެންގެ މެދުގައި ހިނގި ހަމަނުޖެހުމެއްކަން އެނގުނު ކަމަށާ އެ ހަމަނުޖެހުމުގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާކަން އެނގިފައިވާ ކަމަށްވެސް ބުންޏެވެ. 
ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް. ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން އޭނާގެ ފަލަމަސްގަޑު ފުންކޮށް ކަފައިގެންގޮސް، މައި ނާރު ބުރިވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާދެމުން.
ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، މިމައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ