ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 16 އަށް އަވަސް ކޮށްފި އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ ބާއްވަން ކުރިން ނިންމާފައި އޮތީ އަންނަ މަހުގެ 30ގަ އެވެ. މިދިޔަ އޮގަސްޓް މަހު ފަހުކޮޅު އެ ޕާޓީން ވަނީ މި ޕްރައިމަރީއަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލައިފަ އެވެ.
ތަފްސީލް - އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީ އަވަސްކުރީ، ކައުންސިލް އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ހުށަހެޅުމުގެ ތާރީހު އަންނަ 17 ޖެނުއަރީގައި ހުޅުުވާލުމަށް ފަހު، އެކަމަށް ލިބޭނީ 14 ދުވަހުގެ މުއްދަތެއް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)ން މައުލޫމާތު ދީފައި ވާތީ ކަމަށެވެ.
މި ބަދަލާ ގުޅިގެން އެ ޕާޓީގެ ޕްރައިމަރީގެ ވޯޓްލާ ތާރީހަކީ އަންނަ މަހުގެ 16 ވާ ހުކުރު ދުވަހުގެ 2:30 އިން ރޭގަނޑު 8 ކަމަށް ބުންޏެވެ.
އެމްޑީޕީން ބުނީ އިންތިހާބަށް އެ ޕާޓީން ހެދި ޓައިމްލައިން މިހާރު ބާތިލުކޮށްފައިވާ ކަމަށާއި، އީސީން ދާއިމީ ރިޕޯޓް އާއްމުކުރުމުން އާ ޓައިމްލައިން އިއުލާންކުރާނެ ކަމަށެވެ.
އެމްޑީޕީގެ ކައުންސިލް ޕްރައިމަރީ އަންނަ މަހުގެ 16 އަށް އަވަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ