ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ މާފު ކުރުމުގެ ބާރު ރައީސުލްޖުމްހުރީއްޔާއަށް އޮންނަ އޮތުން ބަދަލުުކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓުގެ ކުލި ނުދައްކާ މީހުންގެ ޖޫރިމަނާ މާފުކޮށްދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެއީ ރައްޔިތުންނާއެކު މުއިއްޒު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ފޭސް ދޭއްގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ބައެއް މީހުން އެދުނު ކަމެކެވެ. އެ ނިންމުމާ މެދު އަމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
"ގާނޫނާއި ގަވާއިދާ ނުވަތަ ވެފައިވާ އެއްބަސްވުމަކާ ހިލާފުވެގެން ދައުލަތަށް ދައްކަން ޖެހޭ ޖޫރިމަނާ ރައީސުލްޖުމްހޫރިއްޔާއަށް މާފު ދެވޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރަން ޖެހޭ، މިއީ ގަވާއިދުން ކުލި ދެއްކި މީހުންނަށް ވެވޭ ބޭއިންސާފެއް،" އެކްސްގައި އޭނާ ލިޔުއްވި އެވެ.
ފެށުނީއްސުރެ މިއަދާ ހަމައަށް ހިޔާ ފްލެޓަށް ކުލި ނުދައްކާ ހުރި މީހެއްގެ ޖޫރިމަނާއަކީ އެންމެ 1,086.45 ރުފިޔާ އެވެ. އެ ޖޫރިމަނާ މާފުކޮށްދީފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ ސިޓީ ވެސް ފޮނުވާފަ އެވެ.
ގިނަ ބަޔަކު އަންނަނީ މިއީ ގަވާއިދުން ކުލި ދައްކައި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅޭ މީހުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ބުނެފަ އެވެ. އަދި މިކަމުގެ ސަބަބުން ކުލި ނުދައްކައި ނުވަތަ ގަވާއިދުތަކުގެެ ބޭރުން އުޅުމަށް އާންމުނަށް ހިތްވަރު ލިބޭ ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކެ އެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް އޭރަކު ވެރިކަމުގައި ތިބޭ ބަޔަކު މިފަދަ ނިންމުންތައް ނިންމަ އެވެ. އާންމު ގޮތެއްގައި އެންމެ ގިނައިން މާފުކުރަނީ ޓްރެފިކު ޖޫރިމަނާ އެވެ. މިހާރު ފްލެޓުތަކުގެ ކުލި ކުޑަކޮށްދީ ޖޫރިމަނާ ވެސް މާފުކުރަން ވަނީ ފަށާފަ އެވެ.
ޖޫރިމަނާގެ ބާވަތަށް ބަލައި، ޓްރެއިނިން ޕްރޮގްރާމެއް ފުރިހަމަކުރުމުން ޖޫރިމަނާ ފައިސާ މައާފު ކުރުމަށް ވެސް ކުރީގެ ބައެއް ސަރުކާރުތަކުން ނިންމި އެވެ.
ރައީސް ބޭނުންވުމުން ޖޫރިމަނާ މާފުކުރުމަކީ ގަވާއިދުން ކުލި ދައްކާ މީހުންނަށް ވެވޭ ބޭއިންސާފެއް: އަމީން ރައީސް ބޭނުންވުމުން ޖޫރިމަނާ މާފުކުރުމަކީ ގަވާއިދުން ކުލި ދައްކާ މީހުންނަށް ވެވޭ ބޭއިންސާފެއް: އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ