ހުޅުމާލެ ފޭސް އެކަކުން ދޫކޮށްފައި ހުރި ގޯތިތަކުގެ ޖުމުލަ އަގުން 10 ޕަސެންޓު ޑިސްކައުންޓެއް ދެނީ
ކުލި ދައްކައިގެން މިލްކުވާ ގޮތަށް, ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކޮށްފައި ހުރި ގޯތިތަކުގެ ޖުމުލަ އަގުން 10 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ރައީސް ވަނީ، ޕޮއިންޓު ލިބިގެން ނުވަތަ ގުރުއަތު ނަގައިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހިން ދޫކޮށްފައި ހުރި ގޯތިތަކާ ގުޅުވައި ވާހަކަދައްކަވާފައެވެ. އެ ގޯތިތައް އަމިއްލަ ވަނީ، ފައިސާ ދައްކައި ޚަލާސްކުރުމުންނެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ގޯތިތަކަށް އެއްވެސް ސަރުކާރެއްގައި މާލީ ގޮތުން ލުޔެއް ދީފައެއް ނެތް ކަމަށެވެ. ސަރުކާރުން ގަސްތުކުރަނީ ގުރުއަތުލައިގެން ނޫނީ ޕޮއިންޓު ސްކީމުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ލިބިފައި ހުރި ފަރާތްތަކުގެ އެގްރީމަންޓުގައި އޮންނަ ޖުމުލަ އަގުގެ 10 އިންސައްތައިގެ ޑިސްކައުންޓެއް ދޭންރައީސް ޑރ. މުޙައްމަދު މުއިއްޒު ރައީސް މުއިއްޒު ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ ބައްދަލު ކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް ރައީސް ވިދާޅުވީ، އެ ގޯތިތައް އަމިއްލަ ކުރުމަށް ބާކީ ދައްކަން އޮތް އަދަދުން އެ ޑިސްކައުންޓު ކެނޑޭނެ ކަމަށެވެ. ރާއްޖޭގެ ބޮޑު އާބާދީއެއް ދިރިއުޅެނީ މާލެ ސަރަހައްދުގައި ކަމަށްވާއިރު، ގިނަ މީހުން ދިރިއުޅެނީ އެކި ތަންތަން ކުއްޔަށް ހިފައިގެނެވެ. އެ ކަމަށް ބޮޑު ޚަރަދެއް މަހަކަށް ކުރަން ޖެހޭއިރު، ބޯހިޔާވަހިކަމުގެ މައްސަލައަކީ މި ސަރަހައްދަށް ދިމާވެފައި އޮތް އިޖުތިމާއީ އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" ސިޔާސަތު ވަނީ އިފުތިތާހުކޮށްފައެވެ. އެ ސިޔާސަތުގެ ދަށުން ފަށާ ފުރަތަމަ ސްކީމްތަކުން މާލޭ ރަށްވެހިންނަށް 15،000 ގޯއްޗާއި 7000 ހައުސިން ޔުނިޓު ދޫކުރާނެކަން ވަނީ އިއުލާންކޮށްފައެވެ. އޭގެއިތުރުން، ސަރުކާރުން އަންނަނީ، ކުރިން ދޫކޮށްފައި ހުރި ބައެއް ފުލެޓުތަކުގެ ކުލިތައް ކުޑަކޮށްދެމުންނެވެ. މިގޮތުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ދަށުން މިދިޔަ ސަރުކާރުން އެޅި ގެދޮރުވެރިޔާ ފްލެޓްތަކަށް މި ސަރުކާރުން ނަގަން ނިންމި ޑިޕޮސިޓަށް ފައިސާ މިހާރު ދައްކައިފައިވާނަމަ، ޑިޕޮސިޓުން ކުޑަވި ބައި ކުލިން ކެނޑޭގޮތަށް ވަނީ ނިންމާފައެވެ. https://sun.mv/215612 އޭގެފަހުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި ހިމެނޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފުލެޓުތަކުން ބަރާބަރަށް ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ސަރުކާރުން ވަނީ މައާފުކޮށްދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ