ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން އެކެއްގެ ފައިގެ މައި ނާރު ބުރިކޮށްލައިފި ދެބެންގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ތެރެއިން އެކެއްގެ ފައިގެ މައި ނާރު ބުރިކޮށްލައިފި

ދެބެންގެ ދެމެދު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ހިޔާގެ އަށްވަނަ ޓަވަރެއްގެ ތެރޭ ބަޔަކު އަޑުގަދަ ކުރާ ކަމަށް ބުނެ މިއަދު ހަވީރު ކަމަށެވެ.
އެ ރިޕޯޓާއި ގުޅިގެން ފުލުހުން އެ އެޕާޓްމަންޓަށް ގޮސް ބެލިއިރު، ދެބެންގެތެރެއިން އެކަކު ވަނީ އަނެކަކަށް ތޫނު އެއްޗަކު ހަމަލާދީފަ އެވެ. ހަަމަލާދިނީ ވަޅިއަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާގައި ޒަހަމްވެފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަށް ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައި އިން ފޮޓޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ފުލުހުން ބުނި ގޮތުގައި ހަމަލާދީފައިވަނީ އެ މީހާގެ ފައިގެ ފަލަމަސްގަޑަށެވެ. ހަމަލާގައި އޭނާގެ ފައި ވަރަށް ފުންކޮށް ކަފައިގެންގޮސް މައި ނާރު ބުރިވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި ހާދިސާގައި ހަމަލާދިން މީހާ ހައްޔަރުކުރި ކަމަކަށް ފުލުހުން މިހާތަނަށް ބުނެފައެއް ނުވެ އެވެ. ނަމަވެސް، މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ