އަންނަ މަހު 30ގައި ބާއްވަން އޮތް އެމްޑީޕީ ޕްރައިމަރީ، 16އަށް އަވަސްކޮށްފި

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަ ކުރާ ކެންޑިޑޭޓުން ހޮވާ ޕްރައިމަރީ، އަންނަ މަހު 16އަށް އަވަސްކުރުމަށް އެ ޕާޓީން ނިންމައިފިއެވެ. ކުރިން އެ ޕާޓީން ނިންމާފައި އޮތީ، އަންނަ މަހު 30ގައި އެ ޕާޓީގެ ޕްރައިމަރީ ބާއްވާށެވެ. އެކަމަކު، މިއަދު އެ ޕާޓީން ކުރި އިއުލާނެއްގައި ވަނީ، ޕްރައިމަރީ ބާއްވާ ތާރީޚު އަވަސްކުރިކަން ހާމަކޮށްފައެވެ. އެ ޕާޓީން ބުނީ، އިލެކްޝަންސް ކޮމިޝަން (އީސީ)އިން، އިންތިޚާބަށް ކުރިމަތިލާން އެދޭ ފޯމު އަންނަ މަހު 17އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ހުޅުވާލާނެ ކަމަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހެންވެ، އެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމުގެ ޕްރައިމަރީގެ ޓައިމްލައިން މިހާރު ބާތިލުކޮށްފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އީސީގެ ދާއިމީ ރިޕޯޓު އާންމުކުރުމުން ޓައިމްލައިން އިއުލާނު ކުރާނެ ކަމަށް އެ ޕާޓީން ބުނެފައެވެ. އެމްޑީޕީން ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހެއްގެ ތެރެއިން: އެމްޑީޕީގެ ޕްރައިމަރީ އަންނަ މަހު 16އަށް ވަނީ އަަވަސްކޮށްފައި --- ސަން ފޮޓޯ/ ހުސައިން ހާފިޒު އެ ޕާޓީން ބުނީ، ޕްރައިމަރީ ބާއްވާނީ އަންނަ މަހު 16ގެ 14:30އިން 20:00އަށް ކަމަށެވެ. ފާހަގަކުރެވޭ ގޮތުގައި، ޕްރައިމަރީގައި ވާދަކުރާ މެމްބަރުން، އެމްޑީޕީގެ އެކެޑަމީން ހިންގާ ޚާއްސަ ޓްރެއިނިން ޕްރޮގްރާމުގައި ބައިވެރިވުން ވަނީ މަޖުބޫރުކޮށްފައެވެ. އެ ޕާޓީން މިދިޔަ ޖުލައި ދެވަނަ ދުވަހު ބޭއްވި ގައުމީ މަޖިލީހުގައި ވަނީ، އެ ޕާޓީގެ ލޯކަލް ކައުންސިލް އިންތިޚާބާބެހޭ ކޮމިޓީ (އެލްސީއީ ކޮމިޓީ)ގެ ސަބް ކޮމިޓީގެ ރިޕޯޓަށް މެންބަރުންގެ މަޝްވަރާ ހޯދައިފައެވެ. އެއީ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަނޑައެޅުމަށެވެ. https://sun.mv/208101 އެ ރިޕޯޓުގައިވާ ގޮތުން އެ ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ހުރިހާ މެމްބަރުން ވެސް، އެ ޕާޓީގެ އެކެޑަމީން ހިންގާ ޚާއްސަ އޮންލައިން ޓްރެއިނިން ޕްރޮގްރާމެއްގައި ބައިވެރިވާން މަޖުބޫރުވާނެވެ. މައިގަނޑު ގޮތެއްގައި އެ ޕްރޮގްރާމް ބިނާކޮށްފައި ވަނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމީޓީއާއި ސިޓީ ކައުންސިލަށް ވާދަކުރާ ހުރިހާ މެމްބަރުންނަށް ޚާއްސަކޮށްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ