އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް ވޯކް-އިން އިންޓަވިއުއެއް ބާއްވަނީ ނޮވެންބަރު މަހުން ފެށިގެން ކައުންސިލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެ: ރައީސް އުރީދޫ ބިލްޑިން ލައިޓްތަކުގެ ވީޑިއޯތައް ރެކޯޑްކޮށްގެން ހާއްސަ އިނާމެއް ހޯދުމުގެ ފުރުސަތު! ފ

އަންނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ސިއްހީ ދާއިރާއަށް ވަށާޖެހޭ ތަރައްގީއެއް ހޯދައިދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޅ. އަތޮޅު ރައްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެއަތޮޅު ނައިފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިއަންނަ އަހަރަށް ކަނޑައަޅާ ބަޖެޓު ހުށަހެޅުމުގެ މަސައްކަތް މިހާރު ސަރުކާރުން ކުރަމުންދާ ކަމަށާއި ބަޖެޓް އޮންނަވާ ގޮތް މިހާރު ކެބިނެޓުން ފާސްކޮށްފައިވާ ކަމަށެވެ. އެގޮތުން ބަޖެޓުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ސިއްހީ ދައިރާއަށް އިންވެސްޓް ކުރެއްވުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިިއެވެ. އަދި މިއީ އިގްތިސާދީ ގޮތުން އަދި އިޖްތިމާޢި ގޮތުންވެސް ގައުމަށް ކުރިއެރުވުން ހޯދުމަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން މިހާރުވެސް ބަލިތަކުން ދުރުހެލިވެފައިވާ މުޖްތަމައުއެއް ބިނާކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޕްރިވެންޓިވް ހެލްތު ކެއަރގެ އެންމެ މުހިންމު އެއް ޕްރޮގްރާމު ކަމުގައިވާ ޖެނެރޭޝަނަލް ބޭން އަކީ ރައްކާތެރި މުޖްތަމަޢުއެއް ބިނާކުރުމަށް އެޅިގެން ދިޔަ މުހިންމު ފިޔަވަޅެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދޮށީ އުމުރުގެ މީހުންނަށް ގާނޫނުން ދުންފަތް މަނާ ނުކުރިނަމަވެސް އެކަމަށް ހުރަސްތަކެއް ސަރުކާރުން ކުރިމަތިކޮށްފައިވާކަމަށާއި، އެކަމުގެ ހެޔޮ ބަދަލު ފެންނަން ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ހަމައެގޮތަށް ވޭޕް މަނާކުރުމަކީވެސް ޕްރިވެންޓިވް ހެލްތުކެއަރގެ އެންމެ މުހިންމު އެއް ޕްރޮގްރާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްޚީ ދާއިރާ ތަރައްޤީކުރަނީ ވަށާޖެހޭ ގޮތަށްކަމަށާއި، ސަރުކާރުން ކުރާ އިންވެސްޓްމެންޓުގެ އެންމެ ބޮޑު ބޭނުމަކީވެސް ބޮޑެތި ހަރުދުތައްކޮށް ސިއްހީ ފަރުވާއަށް ބޭރަށް ދާންޖެހޭ ޖެހުން މަދުކުރުންކަމަށެވެ.
“ބަލިތަކުން ދުރުވުމާއި، ބަލިތައް ޖެހުނީމަ އެކަމަށް ފިޔަވަޅު އެޅުން ދެދައިރާއަށްވެސް ސަރުކާރުން އިންވެސްޓް އެބަކުރަން. މިއަންނަ އަހަރު މިދެންނިވިހެން ރާއްޖެއިން ބޭރަށް އާސަންދައިން އަދި އެހެނިހެން ގޮތްގޮތުން ހަރަދުކޮށްގެން ވަރަށް ދަތި ހާލުގައި މި ބޭރަށް ދާން ޖެހޭ ދިއުން މަދުކޮށް ރާއްޖޭގައި، މާލެ އަތޮޅުތަކުގައި ހޮސްޕިޓަލްތަކުގައި ތިބެގެން އެންމެ މަތީ ފެންވަރުގެ ހިދުމަތް ލިބޭ ގޮތް ގާއިމްުކުރުމަކީ އަޅުގަނޑު ހިތުން ރައްޔިތުންނަށްޓަކައި ސަރުކާރަކުން ކޮންމެހެން ކުރަންޖެހޭ” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ފަށާ އުމްރާނީ ތަރައްގީގެ މަސައްކަތަކަކީ އަތުން ހިފޭ، އަދި ފެންނަން ހުންނަ ތަރައްޤީގެ މަޝްރޫޢުތަކަށްވާއިރު، ސިއްހީ ދާއިރާއަށް ސަރުކާރުން ކުރެވޭ އިންވެސްޓްމެންޓަކީ ރައްޔިތުންނަށް އޭގެ ފައިދާ އިޙްސާސް ކުރެވޭނެ ކުރިއެރުންތަކަކަށް ވާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ