ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންގެ ބަޔޯމެޓްރިކްސް އެކްސްޕެޓް އޮންލައިން ސިސްޓަމަށް އަޕްޑޭޓު ކުރަން އިތުރު ފުރުސަތެއް ހޯމްލޭންޑް މިނިސްޓްރީން ދީފި އެވެ.
ވީ ކިހިނެއް؟ - އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ނަމުގައި ރާއްޖެއަށް ގެނެސްފައިވާ ބިދޭސީ ބައެއް މަސައްކަތްތެރިން ރަޖިސްޓްރީނުކުރާކަން ހޯމްލޭންޑް މިނިސްޓްރީއަށް ފާހަގަވެ، އެ މަސައްކަތް ކުރަން ފެށީ މިއަހަރުގެ ކުރީކޮޅުގަ އެވެ.
ފުރަތަމަ އެކަން ކުރަން ދިން ސުންގަޑިއަކީ 20 އޭޕްރީލެވެ. ނަމަވެސް އޭގެ ފަހުން ސުންގަޑި އިތުރުކޮށްގެން ވެސް، އަދިވެސް ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓު ނުކުރެވެ އެވެ.
ތަފްސީލު - ހޯމްލޭންޑުން މިރޭ ކުރި އިއުލާނެއްގައި ބުނީ ވަޒީފާ ދޭ 3،942 ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި 27،773 ބިދޭސީންގެ ބަޔޯމެޓްރިކްސް އަޕްޑޭޓުނުކުރާކަން ސިސްޓަމުން ފާހަގަކުރެވިފައިވާ ކަމަށެވެ.
ބަޔޯމެޓްރިކްސް އަޕްޑޭޓުނުކުރާ ނަމަ، 15 ނޮވެމްބަރުގެ ކުރިން އެކަން ކުރުމުގެ ފުރުސަތު ހޯމްލޭންޑުން ވަނީ ހުޅުވާލާފަ އެވެ. އެކަން ކުރަމުން އަންނާނީ އެންސީއައިޓީ އިމާރާތުގެ ގްރައުންޑް ފްލޯގައި ގާއިމްކޮށްފައިވާ ޖޮބް ސެންޓަރުންނެވެ.
މި ފުރުސަތުގައި އެކަށީގެންވާ ސަބަބެއްނެތި ބަޔޯމެޓްރިކްސް އަޕްޑޭޓުނުކޮށްފި ނަމަ:
ބަޔޯމެޓްރިކްސް އަޕްޑޭޓުނުކުރާ ބިދޭސީން ރާއްޖެއިން ޑީޕޯޓުކޮށް، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ
އެ ބިދޭސީންގެ ވަޒީފާ ދޭ ފަރާތުގެ ގޮތުގައި އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތް، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން 50،000ރ.އިން ޖޫރިމަނާކޮށް، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ
މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯމްލޭންޑުގެ ހޮޓްލައިން ނަންބަރު 1485އަށް ގުޅައިގެން ނުވަތަ [email protected] އީމެއިލް ކޮށްގެން ބަލައިލެވޭނެ އެވެ.
ބިދޭސީންގެ ބަޔޯމެޓްރިކްސް ހަމަކުރަން އަނެއްކާ ވެސް އިތުރު ފުރުސަތެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ