ގަމުގެ މަގުހެދުން ހުއްޓާލުން: ކޮންބައެއްގެ އިހުމާލެއްބާ؟ ސަޓާގެ 3 އެވޯޑަކަށް އައްޑޫ އީކުއޭޓަރ ވިލެޖް ނޮމިނޭޓް ވެ، ވޯޓަށް ހުޅުވާލައިފި އިންޑިއާ ކަނޑުގެ ލީޑިން އެއަރޕޯޓް އެވޯޑު އީކުއޭޓަރ ވިލެޖަށް އެންމެ މަގުބޫލު އެއަރޕޯޓް ހޮޓަލަކަށް އީކުއޭޓަރ ވިލެޖް ވާދަކުރ

ވޯލްޑް ޓްރެވަލް އެވޯޑްސް 2025 ގެ ވޯލްޑް ލީޑިން އެއާޕޯޓް ހޮޓަލަކަށް އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި އެއްފަސްވެގެން ގަމުގައި ހިންގަމުން އަންނަ “އިކުއޭޓަރ ވިލެޖް ، ނޮމިނޭޓްވެއްޖެ އެވެ.
ވޯލްޑް ލީޑިން އެއާޕޯޓް ހޮޓެލް އެވޯޑަކީ އެއަރޕޯޓާއި ގާތުން، މެހެމާންދާރީގައި އެފަދަ ދެވަނައެއް ނެތް ޚިދުމަތެއް ފޯރުކޮށްދޭ ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލަކަށް ލިބިގެންދާ އެވޯޑެކެވެ. އީކުއޭޓަރ ވިލެޖު މިއެވޯޑަށް ހޮވިފައިވަނީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށާއި އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދޭތާ ގިނަ އަހަރުތަކެއް ވެ، އެރޮނގުން ދުނިޔޭގެ ބޮޑެތި ހޮޓެލްތަކާއި ވާދަކުރުމަށް ފަހު ކުރިހޯދައިގެންނެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ “ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ “އޮސްކާ އޮފް ދަ ޓްރެވަލް އިންޑަސްޓްރީ” ގެ ނަމުން މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ އެވޯޑެކެވެ .
މިފަޚުރުވެރި އެވޯޑަށް ނޮމިނޭޓް ވުމާގުޅިގެން އީކުއޭޓަރ ވިލެޖުން ޢާންމު ކުރެއްވި މެސެޖުގައި ވިދާޅުވީ މިއީ މުޅި އައްޑޫސިޓީއާއި އަދި ޖުމްލަގޮތެއްގައި މުޅި ރާއްޖެއަށްވެސް ލިބުނު ފަޚުރަކަށްވާތީ އެކަމާ އުފާކުރައްވާކަމަށެވެ.
” މިއީ އަޅުގަނޑުމެންގެ ސްޓާފުންގެ މިންނެތް މަސައްކަތާއެކު އައްޑޫގެ ޤުދުރަތީ ރީތިކަމާއި ދިވެހިންގެ ހިތްހެޔޮ މެހްމާންދާރީ، ބޭރުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން ބަލައިގަތްކަމުގެ އަލިގަދަ ރަމްޒެއް. ” އީކުއޭޓަރ ވިލެޖުގެ މެނޭޖަރ މުޙައްމަދު ވަޙީދުވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ ކޮންމެ އަހަރަކު އީކުއޭޓަރ ވިލެޖު ހޯދަމުން އަންނަ މިފަދަ ކޮންމެ އެވޯޑަކާއެކު ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމަށް އިތުރު ހިތްވަރެއް ލިބިގެން އަންނަ ކަމަށެވެ.
އެރިސޯޓު ހޯދަމުންދާ ކޮންމެ އެވޯޑެއްގެ ފަހަތުގައިވެސް ހިތްވަރުގަދަ ޓީމަކާއެކު އީކުއޭޓަރ ވިލެޖުގެ ޚިދުމަތްތައް ބަލައިގެންފައިވާ އެތައްބައެއްގެ އެހީތެރިކަމާއި ތާއީދު ހިމެނިފައިވުމާއެކު ވަހީދުގެ އިލްތިމާސަކީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްއިން ނޮމިނޭޓްވި، ލީޑިން އެއާޕޯޓް ހޮޓެލް އެވޯޑުވެސް ކާމިޔާބު ކުރުމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސަޕޯޓަރުންނާއި އައްޑޫސިޓީގެ ރައްޔިތުންނާއި އަދި ހެޔޮއެދޭ ހުރިހާ ފަރާތްތަކުން އެހީތެރިވެދެއްވައި ވޯޓުދެއްވުމެވެ.
މިއެވޯޓަށް ވޯޓުލުމަށް ޓަކައި ކިއުއާރު ކޯޑު ސްކޭން ކޮށްގެން ނުވަތަ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ވެބްސައިޓަށް ޒިޔާރަތް ކޮށް އެކައުންޓް ރަޖިސްޓްރީ ކުރުމަށްފަހު ވޯލްޑް ލީޑިން އެއާޕޯޓް ހޮޓެލްގެގޮތުގައި އީކުއޭޓަރ ވިލެޖް ޚިޔާރުކުރެއްވުމުން ވޯޓުގައި ބައިވެރިވެވުނީއެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓުން ފެށިގެން 2 މިނިޓްގެ ތެރޭ ދެވޭހާ ގާތުގައި އޮތް އީކުއޭޓަރ ވިލެޖަކީ ވަރަށް މަދުން ނޫނީ ނުފެންނަ ހިތްހަމަޖެހުމެއް ލިއްބައިދޭ ހިތްގައިމު މަންޒިލެކެވެ. ރީތި ބަގީޗާތަކާއި، މޫދު ކުޅިވަރާއި ދޫނިސޫފާސޫތްޕާއި އައްސޭރިފަށުގެ އުފާވެރި މަންޒަރުތަކާއެކު ކުރީގެ އާރްއޭއެފް އޮފިސަރުން ގަމުގައި ހޭދަކުރި ދުވަސްވަރުގެ އާސާރުތަކާއި ބިނާތަކުގެ މުއްސަނދި ތާރީޚެއް އޮތް މި ރިސޯޓަކީ މެހެމާންދާރީގައިވެސް އެތައްބައެއްގެ ހިތް އަތުލާފައިވާ ތަނެކެވެ. މިކަން ރަމްޒުކޮށްދެނީ އެއޯގާތެރި މެހުމާންދާރީހޯދުމަށްފަހު ތަކުރާރުކޮށް އެތައް ފަހަރަކު އެނބުރި އަންނަ ފަތުރުވެރިން ގެ ޢަދަދުގެ ގިނަކަމަށްޓަކައެވެ.
މިފަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑުގައި ލީޑިން އެއަރޕޯޓް ހޮޓެލްގެ ތަށި އީކުއޭޓަރ ވިލެޖަށް ހޯދައިދިނުމަށް މި މުހިންމު ވޯޓުގައި ބައިވެރިވުމަކީ، ޖުމްލަގޮތެއްގައި އީކުއޭޓަރ ވިލެޖުގެ ޚިދުމަތް ހޯދާފަރާތްތަކާއި އަދި ހެޔޮއެދޭ ހަމަކޮންމެ މީހަކުވެސް އެތަނަށް އޮތްލޯބި ހާމަކޮށްލަން ލިބޭ އަގުހުރު ފުރުސަތަކަށް ނޫނީ ނުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ