ސޯނަމް ދެވަނަ ދަރިފުޅަށް ބަލިވެ
ބޮލީވުޑް ބަތަލާ ސޯނަމް ކަޕޫރު ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ. އިންޑިއާގެ ފިލްމީތަރިންގެ ތެރެއިން އެންމެ ސްޓައިލިޝް އަދި ފެޝަންއަށް ލޯބިކުރާ ބަތަލާގެ ރަސްމީ އިންސްޓަގްރާމްގައި ބަލިވެއިންކަން ހާމަވާފަދަ ފޮޓޯތަކެއް ހިއްސާ ކުރަމުން ކެޕްޝަންގައި ބުނެފައިވަނީ "މަންމަ" މިހެންނެވެ. ބަތަލާ ސޯނަމް ކަޕޫރު ފިރިމީހާ އާނަންދު އަހޫޖާ އަދި ދަރިފުޅު ވަޔޫއާ އެކު--ފޮޓޯ/އިންސްޓަގްރާމް ސޯނަމް ދެވަނަ ދަރިފުޅަށް ބަލިވެއިން ކަމަށް އިންޑިއާގެ މީޑިއާތަކުން މިދިޔަ ސެޕްޓެންބަރު މަހު ރިޕޯޓުކުރި ނަމަވެސް އެ ޚަބަރުތަކަށް ބަތަލާ ރައްދުދީފައެއް ނުވެއެވެ. އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އާނަންދު އަހޫޖާއާ ކައިވެނިކޮށްގެން އުޅޭ ބަތަލާގެ އަލަތު ދަރިފުޅަށް ވަޔޫއަށް މިހާރު ތިން އަހަރު ވަނީ ފުރިފައެވެ. ކައިވެންޏަށް ފަހު އިނގިރޭސިވިލާތުގައި ގިނައިން ދިރިއުޅެމުން އަންނަ ބަތަލާ ދާދިފަހުން މި އަހަރުގެ ދިވާލީއާ ދިމާކޮށް ހިއްސާކުރި ފޮޓޯތަކުގައި ވެސް ބުނެފައިވަނީ މިއީ އެ އާއިލާއަށް ލިބިފައިވާ އުފާވެރިކަން ދެ ގުނަ އިތުރުވި އަހަރެއް ކަމަށެވެ. ސޯނަމް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން ކަށަވަރުކޮށްދީފައިވާއިރު ދާދިފަހުން ބަތަލާ ވަނީ އެނބުރި ފިލްމީ މަސައްކަތްތަކަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ. ނަމަވެސް، ދެވަނަ ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެން އަވަސް ކުރިމަގެއްގައި ބަތަލާ ފިލްމަކުން ފެނުމުގެ ފުރުސަތު ކުޑަ ކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ. ކައިވެންޏަށް ފަހު ފިލްމީ މަސައްކަތްތަކާ ވަރަށް ދުރުގައި އުޅޭ ބަތަލާ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިނީ 2023ގައި ރިލީޒްކުރި ފިލްމު "ބްލައިންޑް"އެވެ. ފިލްމުތަކުން ސޯނަމް ނުފެނުނު ނަމަވެސް ބޮލީވުޑްގެ ވަރަށް ގިނަ ފެޝަން ޝޯ ތަކުންނާއި ފިލްމީ ހަފުލާތަކުން ސޯނަމް ފެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ