މޫސުން ގޯސް ވިޔަސް މާދަމާ ވޯޓުލުން ކުރިޔަށްދާނެ، އީސީއިން ވޯޓުލާ ވަގުތު އިތުރުކޮށްފި

މާދަމާ ކުރިޔަށްގެންދަން ނިންމާފައިވާ ކައުންސިލް ތަކުގެ ބައި އިލެކްޝަން ގެ ވޯޓުލާ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރުކޮށްފި އެވެ.
އީސީއިން މިއަދު ބުނީ މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އަދި މ. މުލަކު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި- އިލެކްޝަންގެ ވޯޓުލުމުގެ ވަގުތަށް އެއް ގަޑިއިރު އިތުރު ކުރަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން މި ނިންމުން ނިންމާފައިވަނީ މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ ކަމަށް އީސީން ބުނެއެވެ.
މުޅި ރާއްޖޭގެ މޫސުން ގޯސްވެ ވިއްސާރަވެ، ވައިގަދަވެ އަދި ކަނޑުގަދަވުމުގެ ސަބަބުން ޢާންމު ދަތުރުފަތުރަށް ބުރޫއަރައި ވޯޓުލުމަށް މީހުން ނިކުތުމަށް ދަތިވާނެތީ، މާދަމާ ކުރިގެންދިއުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، 1/3
— Elections Commission (@ElectionsMv) January 12, 2024
އީސީގެ ނިންމުމާއި އެކު މާދަމާ ބާއްވާ އިންތިހާބުތަކުގެ ވޯޓުލުން ނިމޭގަޑި އަކީ ހަވީރު 5:00 އެވެ. ކުރިން އޮތް ގޮތުން ނަމަ ވޯޓުލުން ނިމޭ ގަޑިއަކީ ހަވީރު 04:00 އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި ވިއްސާރަކުރަމުންނެވެ. އެގޮތުން މާލެ ސިޓީއަށް މިއަދު ވަރަށް ބޮޑަށް ވިއްސާރަކުރަމުން އަންނަ އިރު ގިނަ މަގުތަކެއްގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައި އެވެ. އަދި ބައެއް ގެތަަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ