ކޮޅިގަނޑެއްގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް, ސަމާލުވާން އެދެފި

ކޮޅިގަނޑެއްގެ ސަބަބުން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް, މޫސުމަށް ސަމާލުވުމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން އިލްތިމާސް ކޮށްފިއެވެ.
މެޓް އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިރޭ ނެރެފައިވާ އެލާޓެއްގައެވެ.
މެޓް އިން ބުނީ މި ކޮޅިގަނޑަކީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑެއް ކަމަށާއި މި ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. 
Advertisement
މި ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ