މެޗުގެ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ފްރާންސަށް ލީޑު ނަގައިދީފައެވެ. މެޗުގެ ދެވަނަ ހާފު ފެށުން ލަސްވީ ފިލަޑެލްފިއާ ސްޓޭޑިއަމް ސަރަހައްދަށް ކުރި ގަދަ ވިއްސާރައާއި ގުގުރުމުގެ ސަބަބުންނެވެ. ނަމަވެސް، ދެ ގަޑިއިރަށްވުރެ ގިނަ އިރުގެ މެދުކެނޑުމަކަށްފަހު ކުޅުން ފެށުމާއެކު ފްރާންސުން ވަނީ އެޓީމުގެ މޮމެންޓަމް ދަމަހައްޓާފައެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި ދެ ފަހަރު (1998 އަދި 2018) ތަށި އުފުލާލާފައިވާ ފްރާންސް މިހާރު އޮތީ ނޮކައުޓް ބުރަށް ދިއުމުގެ ވަރަށް ގާތުގައެވެ. އަނެއްކޮޅުން އިރާގަށް ދެން އޮތް ބުރަށް ދިއުމުގެ ފުރުސަތު ހަނިވެފައިވާއިރު، އެޓީމަށް މިހާރު އޮތް އުންމީދަކީ ގްރޫޕްގެ ތިންވަނަ ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުސަތެއް ލިބުމެވެ.
ކޯޗު ޑިޑިއޭ ޑެޝޯމްޕްގެ އިރުޝާދުގެ ދަށުން ކުޅޭ ފްރާންސް ޓީމު މިފަހަރު އަމާޒު ހިފާފައިވަނީ 2022 ވަނަ އަހަރުގެ ފައިނަލުން ވީ ބައްޔަށްފަހު، ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ތަށި މިލްކުކުރުމަށެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު އެމްބާޕޭ ވެސް އަންނަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑާ ގާތްކުރަމުންނެވެ.
ފްރާންސް ހިފެހެއްޓޭގޮތެއް ނުވި، އިރާގު 3-0 އިން ބަލިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ