ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް، ގައުމީ ފިކުުރުގެ ކެންޑިޑޭޓުން އިންތިހާބު ކުރަންޖެހޭ: ނާޒިމް

ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ގައުމީ ފިކުރުގެ ކެންޑިޑޭޓުން އިންތިހާބުކުރަން ޖެހޭކަމަށް ހެލްތް މިނިސްޓަރ ބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ޕީއެންސީ ސިލްސިލާކޮށް ކުރިޔަށް ގެންދާ ޑޯޓުޑޯ ހަރަކާތުގެ ތެރެއިން ”ސަންގު“ އާއި ވާހަކަ ދައްކަވަމުން ނާޒުމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ސިޔާސަތަކީ ގައުމު ބިނާކޮށް ކުރިއެރުވުން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ރަނގަޅު ގޮތުގައި ތަންފީކޮށް ކުރިއެރުވުނޭނީ ކައުންސުލަތްކުގައި ވެސް ސަރުކާރުގެ ފިކުރާއި އެއްގޮތަށް މަސައްކަތް ކުރާނެ މެމްބަރުން ތިބެގެން ކަމަށެވެ.
އެހެންކަމުން އިންތިހާބުގައި ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް މަސައްކަތް ކުރާނެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ. އަދި ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންގެ އިޙްސާސްތަކާ އެއްގޮތަށް މަސައްކަތްކުރާނެ ކައުންސިލެއް ބިނާކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލަށް ތައުރީފު ކުރައްވައި ނާޒިމް ވިދާޅުވީ އެއީ އެ މަގާމަށް އެންމެ ގާބިލު އަދި ތަޖުރިބާ ހުރި ބޭފުޅާ ކަމަށެވެ. އެގޮތުން މޫސާ އަލީ ޖަލީލަކީ ސަރުކާރު ހިންގާ ޕާޓީގެ ފަރާތުން ކުރިމަތިލައްވާފައިވާ ކެންޑިޑޭޓަށް ވުމަކީ މަސައްކަތްތައް އަވަސްކުރުމަށް ލިބޭ ބޮޑު ބާރެއްކަމަށް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މޫސާ އަލީ ޖަލީލަކީ ސާފު ތާރީހެއް އޮތް، ގައުމަށް ހިދުމަތްކުރުމުގައި ނަމޫނާ ދެއްކެވި ބޭފުޅެއްކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. ނާޒިމް ވިދާޅުވީ އެއީ ހަވާލުކުރެވުނު ކޮންމެ ގައުމީ ޒިންމާއެއް ވަފާތެރިކަމާއިއެކު އަދާކުރައްވާފައިވާ ގައުމީ ބަތަލެއްކަން ވެސް ނާޒިމް ވިދާޅުވިއެވެ.
އެ ބޭފުޅާގެ ސާފު ޓްރެކް ރިކޯޑުން އަޅުގަނޑުމެންނަށް އެނގިގެންދަނީ މާލޭ ސިޓީގެ މޭޔަރުކަން ވެސް އެމަނިކުފާނު އެފަންވަރާއި އެ ބުންވަރުގައި ކުރައްވާނެކަން ކަމަށާއި، އަދި މާލެ ސިޓީ ކައުންސިލަކީ ކޮރަޕްޝަން ފްރީ ތަނަކަށް ވެގެންދާނެ.  މިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން، މޫސާ އަލީ ޖަލީލްގެ މޭޔަރުކަމުގައި މާލެ ސިޓީ ކައުންސިލަކީ ކޮރަޕްޝަނުން ސަލާމަތްވެފައިވާ، ހަލުވިކަމާއެކު ހިދުމަތްދޭ ތަނަކަށް ވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ސިއްހީ ނިޒާމާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ނާޒިމް ވިދާޅުވީ މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް ނާރާ ބަލިތައް އިތުރުވުން ކަމަށެވެ. މިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލައި، ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާކަން ފާހަގަކުރެއްވިއެވެ.
އެގޮތުން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އެޅި ފިޔަވަޅުތަކާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން، ދިވެހި މުޖުތަމައަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ރަށްރަށުގައި ޖިމްތަކާއި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ގައުމީ ފިކުރުގެ ކެންޑިޑޭޓުން އިންތިހާބުކުރުން މުހިންމުކަން ފާހަގަކުރައްވައި، ވޯޓުދެއްވުމުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ނާޒިމް ވަނީ އެދިވަޑައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ