ކަންބަޅި ކަތިލާހެން ޖޭޕީ މެންބަރުން ކަތިލާތަން ބަލަން ނިކަމަތި ކަމާއެކު އެބަތިބިން: ގާސިމް

މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕްގައި ގާސިމް ވިދާޅުވީ "ކަންބަޅިތަކެއް ފަދައިން ޖޭޕީގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ކަތިލާތަން ނިކަމެތިކަމާއެކު ބަލަން" ތިއްބެވި ކަމަށެވެ.
ސަރުކާރުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުން، ކަންބަޅިތަކެއް ފަދައިން މަގާމުތަކުން ކަތިލާތަން ބަލަން ނިކަމެތިކަމާއެކު ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ވަރަށް ލަދުހަޔާތް ކުޑަކޮށް ކަންބަޅި ކަތިލާ އުސޫލުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވާނެ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ އިންޒާރު ކުރައްވަނިކޮށެވެ.މަޖިލީހުގެ މެންބަރުންނަށް ހާއްސަ ވަޓްސްއެޕް ގުރޫޕްގައި ގާސިމް ވިދާޅުވީ "ކަންބަޅިތަކެއް ފަދައިން ޖޭޕީގެ ބޭފުޅުން ސަރުކާރުގެ މަގާމުތަކުން ކަތިލާތަން ނިކަމެތިކަމާއެކު ބަލަން" ތިއްބެވި ކަމަށެވެ.ރައީސް ސޯލިހް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް އެމްޑީޕީ އިސްވެ އުފައްދާ ކޯލިޝަނަށް ޖުމްހޫރީ ޕާޓީ ގުޅޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކޮށްގެން ތިއްބާ އެ ޕާޓީން ވަނީ އެމްޑީޕީއާއެކު ކޯލިޝަން ނުހައްދަން ނިންމާ އެ ޕާޓީން ވަކިން ވާދަކުރަން ނިންމާފައެވެ.ޖުމްހޫރީ ޕާޓީގެ މި ނިންމުމާއެކު އެމްޑީޕީގެ ރައީސް ސޯލިހްގެ ފެކްޝަންގެ ބައެއް މެންބަރުން ދަނީ ރުޅިވެރިކަމާއެކު ޖޭޕީ އާއި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފާޑުވިދާޅުވަމުންނެވެ.  މަޖިލީހުގެ އިއްޔެ ޖަލްސާގައި ރާއީ ވަނީ ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ޖުމްހޫރީ ޕާޓީގެ މެންބަރުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ ވަރަށް ލަދުހަޔާތް ކުޑަކޮށް ކަންބަޅި ކަތިލާ އުސޫލުން އެ ބޭފުޅުން މަގާމުތަކުން ވަކިކުރައްވާނެ ކަމަށް އިންޒާރު ކުރައްވާފައެވެ."ވަރަށް ލަދުހަޔާތް ކުޑަކޮށް މިތަނަށް [މަޖިލީހަށް] ގެނެސްފައި ފަހަރަކު މީހަކު، ކަންބަޅި ކަތިލާ އުސޫލުން، އެ އުސޫލުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދޭށޭ މި ބުނަނީ،" ޖޭޕީގެ ނިންމުމާމެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށް ރުޅިވެރިކަމާއެކު ރާއީ ވިދާޅުވިއެވެ. ފާޑުކިޔުން އަމާޒުވުމުން ރާއީ ފަހުން ވަނީ ރާގު ބަދަލު ކުރައްވާ ޓްވީޓްތަކެއް ކުރައްވާފައެވެ. ވިދާޅުވީ ވެރިކަމެއް ގެނައުމަށް ރާއްޖޭގައި މި ވަގުތު ތިބި ވަކިވަކި ސިޔާސީ ޝަހުސިއްޔަތުންނަށް ބަލާނަމަ ވަކިވަކި ފަރުދުންގެ ވޯޓް އެންމެ ގިނައިން ހޯދޭނެ އެއް ބޭފުޅަކީ ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ. އަދި ކޯލިޝަނަކަށް ކުޑަ ބޮޑެތި ބަސް ބުނާ ޕާޓީ އަށްވުރެ މުހިއްމު ވާނީވެސް ޖޭޕީ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ