ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލައަށް އެމްޑީޕީއާ ޑިމޮކްރެޓްސް ތަދައްހުލް ވަނީ

އެމްޑީޕީއާ ޑިމޮކްރެޓްސް އިން ބުނީ ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާ މަޖިލީހުން ގެނައި ބަދަލަކީ ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާ ގޮތަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅައިގެން ގާނޫނު އަސާސީއަށް ގެނައި އިސްލާހުތައް ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްހުލުވާން އިދިކޮޅު އެމްޑީޕީއާ ދަ ޑިމޮކްރެޓްސް އިން ނިންމައިފި އެވެ.
ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިނެވެ. މި މައްސަލަ ހުށަހެޅުއްވިކަން އަލީ ހުސައިންވަނީ އެކްސްގައި އިއުލާނު ކުރައްވާފަ އެވެ. ނަމަވެސް އެ މައްސަލައިގެ ތަފުސީލުތައް ހިއްސާނުކުރައްވަ އެވެ.އެމްޑީޕީއާ ޑިމޮކްރެޓްސް އިން ބުނީ ގާނޫނުއަސާސީއަށް ސަރުކާރުން ހުށަހަޅާ މަޖިލީހުން ގެނައި ބަދަލަކީ ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާ ގޮތަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.މި ބަދަލު ގެނައީ ގާނޫނުއަސާސީ އާއި ދައުލަތް އޭގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރަސީގެ އަސާސީ ހަމަތަކާ މަޖިލީހުން ގާނޫނުތައް ފާސްކުރުމުގައި މީގެކުރިން އަމަލުކުރަމުން ގޮސްފައިވާ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް ބުންޏެވެ.އެހެން ކަމުން އެ މައްސަލައިގެ ތެރެއަށް ތަދައްހުލުވާން ނިންމާފައިވާ ކަމަށް ބުންޏެވެ.ގާނޫނު އަސާސީއަށް ސަރުކާރުން ހުށަހަޅައިގެން ގެނައި އިސްލާހުގައި ހިމެނެނީ މައިގަނޑު ގޮތެއްގައި ތިން ކަމެކެވެ. ފުރަތަމަ ކަމަކީ ރާއްޖޭގެ ސަރަހައްދުގެ ތެރޭގައި ދިވެހިރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކޮށް ރާއްޖޭގެ ސަރަހައްދަކަށް ބަދަލުގެނެވޭނީ މަޖިލީހުގެ ހަތަރު ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ގާނޫނަކުން ކަމަށް ކަނޑައެޅުމެވެ. ދެވަނަ ބަޔަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަަރަކު އޭނާ އިންތިހާބުކުރި ދައުރުގެ ތެރޭގައި އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ އެ ޕާޓީން އޭނާ ވަކިކުރުމުން ނުވަތަ އަމިއްލަ ގޮތުން އިންތިހާބުވި މެންބަރަކު ޕާޓީއަކާ ގުޅުމުން މަޖިލީހުގެ މެންބަރުކަމުން ވަކިވާ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމަށް ގެނައި ބަދަލެވެ.  އެންމެ ފަހު ބަދަލަކީ ރާއްޖޭގެ ސަރަހައްދުން ބައެއް އަސްކަރީ ބޭނުމަށް ބޭރު ގައުމަކަށް ދޫކުރެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށާއި، ތަމްރީނުތައް ހެދުން ފިޔަވައި އިތުރު ބޭނުމަކަށް ބޭރުގެ ސިފައިންގެ ބަޔަކަށް ރާއްޖޭގައި ތިބެވޭނީ މަޖިލީހުން ރުހުން ދީގެންކަމަށް ކަނޑައެޅުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ.  އަލީ ވިދާޅުވި ގޮތުގައި އޭނާ އެ މައްސަލަ ހުށަހެޅުއްވީ އެ އިސްލާހަކީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި، 8، 26، 75، އަދި 90 ވަނަ މާއްދާތަކާ ހިލާފު އިސްލާހަކަށްވެފައި އެ އިސްލާހަކީ ދުސްތޫރީ އޮނިގަނޑާ މުޅިން ހިލާފު އިސްލާހަކަށްވާތީ ކަމަށެވެ.  ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި ބަޔާންކުރަނީ ބާރުތައް ފެށިގެން އަންނަނީ އަދި ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމެވެ. އަށްވަނަ މާއްދާއަކީ ގާނޫނުއަސާސީއާ އެއްގޮތަށް ދައުލަތުގެ ބާރުތައް ހިންގުން ލާޒިމުކުރާ މާއްދާ އެވެ. ގާނޫނުއަސާސީގެ 26 ވަނަ މާއްދާއަކީ ވޯޓުލުމާއި ދައުލަތް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ބަޔާންކުރާ މާއްދާ އެވެ. 75 ވަނަ މާއްދާގައި ބުނެފައިވަނީ މަޖިލީހުގެ މެންބަރުން މަސައްކަތްކުރަންވާނީ ގައުމުގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ކަމަށެވެ. އަދި 90 ވަނަ މާއްދާގައި މަޖިލީހުގެ އިމްތިޔާޒުތައް ބަޔާންކޮށްފައިވެ އެވެ.  މި މާއްދާތަކަށް ބަލާއިރު އަލީ ހުށަހެޅުއްވި ދުސްތޫރީ މައްސަލަަ ބޮޑަށް ގުޅެނީ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތަކާ ގުޅޭ އިސްލާހާ ކަމަށް ބެލެވެ އެވެ. ނަމަވެސް އަލީ ފޯނަށް ޖަވާބުނުދެއްވާތީ އިތުުރު ތަފުސީލެއް ނުލިބެ އެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ