ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ނިޒާމު ޒަމާނީކޮށް، އޭއައި ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށްޓަކައި މައިންޑްކޯ އިން ހާއްސަ މަސައްކަތްތަކެއް ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން “ޕިލަރ 7.2 ކޯ-ކްރިއޭޝަން ޑޭ” ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ބައްދަލުވުން އޮންނާނީ މި މަހުގެ 16 ވާ ހޯމަ ދުވަހު މީރުމާ ހޯލުގައެވެ.
މި ހަރަކާތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ތަންފީޒުކުރަމުންދާ “މޯލްޑިވްސް 2.0” ޑިޖިޓަލް އެޖެންޑާގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މައިންޑްކޯ އިން ބުނީ މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ އިދާރާތަކުގެ މެދުގައި ޑިޖިޓަލް އަދި އޭއައި ގާބިލުކަން އިތުރުކުރުމެވެ. އަދި ސަރުކާރުގެ ހިދުމަތްތަކުގައި މިފަދަ ޓެކްނޮލޮޖީތައް ބޭނުންކުރުމަށް ބޭނުންވާ ގައުމީ އޮނިގަނޑު ފަރުމާކޮށް މުރާޖައާ ކުރުމަކީވެސް މި ސެޝަންގެ ބޭނުމެކެވެ.
މައިންޑްކޯ އިން ބުނީ ދައުލަތުގެ ހިންގުމަށް މިފަދަ އިންގިލާބީ ބަދަލުތަކެއް ގެނެވޭނީ ހުރިހާ މުއައްސަސާތަކެއްގެ ބައިވެރިވުމާ އެކުގައެވެ. މި މަސައްކަތުގެ ސަބަބުން ވަކިވަކި އިދާރާތަކުން ކުރާ މަސައްކަތުގެ ބަދަލުގައި، މުޅި ގައުމަށް ފައިދާހުރި ދެމެހެއްޓެނިވި ޑިޖިޓަލް ނިޒާމެއް ބިނާކުރުމަށް މަގުފަހިވާނެއެވެ. “މޯލްޑިވްސް 2.0” މަގުޗާޓުގެ ދަށުން ޑިޖިޓަލް އިގްތިސާދާއި އައު އީޖާދުތަކަށް ބާރުއެޅުމަށް ގިނަ ލަނޑުދަނޑިތަކެއް ވަނީ ކަނޑައަޅާފައެވެ.
ފެބްރުއަރީ މަހު ޓޫރިޒަމްގެ ރެކޯޑްތައް މުގުރާލައިފި: އިއްޔެ އެކަނިވެސް 11،136 ޓޫރިސްޓުން އިންތިހާބަކާ ނުލާ ޕީއެންސީއަށް 69 ގޮނޑި ލިބިއްޖެ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން މަސްތުވާތަކެތި އެތެރެކުރި ދެ މީހަކު ހައްޔަރުކޮށްފި އުރީދޫގެ 15 ވަނަ އުމްރާ ދަތުރު އ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ