ސަރުކާރުގެ މުއައްސަސާތަަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިސްނަގައިގެން ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް މާލޭގައި ޚާއްސަ ހިނގާލުމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހިނގާލުން ކުރިއަށްދިޔައީ އާޓިފިޝަލް ބީޗް ސަރަޙައްދުން ފެށިގެން މަޖީދީމަގުން ގޮސް ރަސްފަންނާ ހަމައަށެވެ. މި ހިނގާލުމުގައި، ސަރުކާރުގެ މުއައްސަސާތަަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން، ވަޒީފާދޭ ފަރާތްތަކާއި، ޓްރޭޑް ޔޫނިއަންތަކާއި އަދި ސިވިލް ސަރވިސްގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަންފެށީ 1889 ވަނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ދިވެހިރާއްޖޭގައި އެއްމެ ފުރަތަމަ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރީ 2006 ވަނައަހަރުއެވެ. މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ ޝިއާރަކީ "އިޙްތިރާމް، ބަލައިގަތުން، ޙައްޤުތައް" އެވެ.
މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމަށް ޚާއްސަ ހިނގާލުމެއް ބާއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ