އިތުރު ވަގުތު ބޭނުންވާތީ އެމްޓީސީސީގެ 2025 ވަނަ އަހަރުގެ މާލީ ހިސާބުތައް އާންމުކުރުމުގެ ތާރީހު ފަސްކޮށްދިނުމަށް ދެވަނަ ފަހަރަށް އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ކުންފުނީގެ 2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގެ މާލީ ހިސާބާއި ރިޕޯޓުގެ އިތުރުން 2025 ވަނަ އަހަރުގެ އަހަރީ މާލީ ހިސާބާއި ރިޕޯޓު އަދި 2026 ވަނަ އަހަރުގެ 1 ވަނަ ކުއާޓަރުގެ މާލީ ހިސާބާއި ރިޕޯޓު އާންމުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.
ތަފްސީލް - އެހެންކަމުން، މާލީ ހިސާބާއި ރިޕޯޓުތައް އާންމުކުރާ މުއްދަތު އަންނަ 15 ޖޫންގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން، ހިއްސާދާރުންގެ މައުލޫމާތަށް އެ ކުންފުނިން އާންމު ކުރި އިއުލާނުގައި ބުންޏެވެ.
މީގެ ކުރިން ވެސް އެމްޓީސީސީން ވަނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރާއި އެ އަހަރުގެ އަހަރީ ރިޕޯޓުތައް އާންމުކުރާ ތާރީހު މިދިޔަ މަހުގެ 10އާ ހަމައަށް ފަސްކޮށްދިނުމަށް ސީއެމްޑީއޭގައި އެދިފަ އެވެ.
އެމްޓީސީސީގެ 2025 ވަނަ އަހަރުގެ 3 ވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ވެސް އާންމުކޮށްފައިވަނީ ގަވައިދު ލާޒިމް ކުރާ ތާރީހަށް ވުރެ ފަހުންނެވެ. އެގޮތުން، އެ ތާރީހު ފަސްކޮށްދިނުމަށް ސީއެމްޑީއޭގައި އެދިފައިވާކަން ހިއްސާދާރުންނަށް އެންގުމަށް އިއުލާނެއް ގެޒެޓުކޮށްފައިވެ އެވެ.
އެނގުން މުހިއްމު - ސީއެމްޑީއޭގެ ސެކިޔުރިޓީސް ދޫކުރާ ފަރާތްތަކުގެ މައުލޫމާތު ހަމަކުރުމުގެ ޒިންމާއާ ބެހޭ ގަވައިދުގެ ދަށުން 2025 ވަނަ ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އެ އަހަރުގެ ފަހު ކުއާޓާރުގެ މާލީ ހިސާބުތައް އާންމު ކުރުމުގެ އެންމެ ފަހު މުއްދަތަކީ 31 ޖެނުއަރީ 2026 އެވެ.
އެމްޓީސީސީގެ މާލީ ހިސާބުތައް އާންމުކުރުން ފަސްކޮށްދިނުމަށް ދެވަނަ ފަހަރަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ