ނަފްސަށް އަނިޔާވެރިވުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ކަންކަމަށް އަރައިގަނެ، ފާފަވެރި އަމަލުތައް ކުރުން ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ކޮންމެ ވަގުތެއްގައިވެސް އަދި ކޮންމެ ޒަމާނެއްގައިވެސް ފާފަތަކަށް އަރައިގަތުމަކީ މާތް ﷲ ގެ ކޯފާ ހައްގުވާނެ ކަމެކެވެ. ވަކިން ހާއްސަކޮށް، ޙައްޖު މަސް ފަދަ ހުރުމަތްތެރިވެގެންވާ މައްސަރެއްގައި އެފަދަ އަމަލެއް ކުރުމަކީ ނުބައިކަން ބޮޑުވެގެންވާ ކަމެއް ކަމަށް ޚުޠުބާގައި ފާހަގަކުރިއެވެ.
ނަފްސަށް އަނިޔާވެރިވުމަކީ ﷲ އަށް އުރެދުމާއެކު، އެކަލާނގެ މަތިވެރިކުރައްވައި ހުރުމަތްތެރިކުރައްވާފައިވާ ކަންކަމުގެ ހުރުމަތް ކަނޑައި، އެކަންކަމަށް އިހާނާތްތެރިކޮށް ހިތުން ކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ހުރުމަތްތެރިވެގެންވާ މައްކާގެ ޙަރަމްފުޅުގައި އަނިޔާވެރިކަމާއެކު ދީނާ ޚިލާފު ގޮތްތައް އުފައްދަން އުޅޭ މީހުންނަށް ވޭންދެނިވި އަޒާބު ހުރިކަން ބަޔާންކުރައްވައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅުތަކަށް ޚުޠުބާގައި އަލިއަޅުވާލިއެވެ.
އެހެންކަމުން، ބަރަކާތްތެރި ޙައްޖު މަސް ފަދަ މާތް ދުވަސްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ޚުޠުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. އެގޮތުން، ގިނަގިނައިން ﷲ ހަނދުމަކޮށް ޒިކުރުކުރުމާއި، ދުޢާކުރުމާއި، ކީރިތި ޤުރުއާން ކިޔެވުމުގެ އިތުރުން ތަސްބީޙައާއި ތަކްބީރު ކިޔުން ފަދަ އަޅުކަންތައް ގިނަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ޚުޠުބާ ނިންމާލީ މާތް ﷲ މަތިވެރިކުރައްވާފައިވާ މައްސަރުތަކުގެ ފައިދާ ހާސިލްކޮށް، އެކަލާނގެއަށް ފުރިހަމައަށް އީމާންވުމަށް ގޮވާލަމުންނެވެ.
އިސްރާފު ނުކުރުމަށާއި ވިޔަފާރިވެރިން ދީލަތިވުމަށް ހުތުބާގައި ނަސޭހަތްތެރިވެއްޖެ އިސްލާމްދީން ދޫކޮށް، އެހެން ދީނެއް ހިފައިފި މީހާގެ އެއްވެސް ޢަމަލެއް ގަބޫލެއް ނުކުރައްވާނެ: ޚުތުބާ ފަލަސްތީނަށް ނަސްރު ދެއްވުމަށް އެދި ކުރާ ދުއާ ހުތުބާއިން އުންޏެއް ނުކުރޭ: ޑރ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ