އެ ކުންފުނިން ބުނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަ ދުވަސްވެފައިވާ މުދާތައް ހަތް ދުވަހުގެ ތެރޭގައި ނުގެންގޮސްފިނަމަ އެތަކެތި ނީލަން ކިޔާނެ ކަމަށެވެ.
އަދި މުދަލުގެ ވެރިފަރާތްތަކަށް އިއްޔެއިން ފެށިގެން ހަތް ދުވަހުގެ ތެރޭގައި މުދާ ކްލިއަރ ކުރުމަށް އަންގާފައިވާއިރު މި މުދަލުގެ ތެރޭގައި އެއްވެސް މުއައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަ، އެ މުދަލާމެދު ވަކި ގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް އެމްޕީއެލްއިން ވަނީ އަންގާފައެވެ.
ކްލިއަރ ނުކޮށް ގިނަދުވަސްވެފައިވާ މުދާ ކްލިއާކުރުމަށް ހަތް ދުވަސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ