ލަންކާ އިން 2021 ވަނަ އަހަރު ފިލައިގެން ކަނޑުމަތީ ހާލުގައި ޖެހިފައި ތިއްބާ ސަލާމަތްކޮށް ޑިއޭގޯ ގާސިއާއަށް ގެންގޮސް ހިމާޔަތް ދިން ތަމަޅަ ނަސްލުގެ ގްރޫޕުގައި ހިމެނޭ އެންމެ ފަހު މީހާ ރާއްޖެ ގެނެސްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހުން ބުނެފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މަހުގެ 27ގައި އެ ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއްގައި ބުނެފައިވާ ގޮތުން، ޑިއެގޯ ގާސިއާގައި ހުރި 'ކޭޕީ' ނަކަމަށް ކިޔާ އެ މީހާގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކާ އެތަނުން އޭނާ ނެރެ، ޕްރައިވެޓް ޖެޓެއްގައި ރާއްޖެ ގެންނަން ވަނީ ނިންމައިފަ އެވެ. އެއީ އީރާނުން އެތަނަށް ހަމަލާ ދީފާނެކަމުގެ ބިރު އޮތުމުންނެވެ.
ތަފްސީލް - ކަނޑުމަތީ ހާލުގައި ޖެހިފައި އިނގިރޭސިވިލާތުގެ ކަނޑުގެ ސިފައިން ސަލާމަތް ކުރި ގްރޫޕުގައި ޖުމްލަ 60 މީހުން ހިމެނެ އެވެ. އޭގެ ތެރެއިން ކޭޕީ ފިޔަވާ އެހެން އެންމެން އިނގިރޭސިވިލާތަށް ގެންގޮސްފައިވާއިރު، ކޭޕީ އެ ގައުމަށް ނުގެންގޮސް ހުރީ އޭނާގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި ހުޅުޖެހުމުގެ މައްސަލައަކާ ގުޅިގެންނެވެ.
ކޭޕީ ރާއްޖެ ގެނެސް 30 ދުވަސް ވަންދެން ބެހެއްޓުމުގެ ހުއްދަ ރާއްޖޭގެ ކަމާ ގުޅުންހުރި ފަރާތްތަކުން ދީފައިވާ ކަމަށް ވެސް ޓެލެގްރާފް ނޫހުން ރިޕޯޓުކޮށްފައިވެ އެވެ. އަދި އޭނާގެ ހަރަދުތައް ބަލަހައްޓާނީ އިނގިރޭސި ސަރުކާރުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެ ނޫހުގައި ބުނެފައިވަނީ:
އިނގިރޭސިވިލާތުން ކޭޕީއަށް ހިމާޔަތް ދީފައިވާތީ އޭނާ ރާއްޖެ ގެނަޔަސް ލަންކާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލު ނުކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށް
ނަމަވެސް ރާއްޖޭގައި ހުންނަން ދިން މުއްދަތު ހަމަވުމުން ދެން އޭނާއާ މެދު ކަންކުރާނެ ގޮތް ސާފު ނޫން ކަމަށް
ކޭޕީގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން އިނގިރޭސިވިލާތަށް ގެންގޮސްފި ނަމަ، އެ ގައުމުގެ ސަރުކާރަށް ޕްރެޝަރު ބޮޑުވާނެ
އެނގުން މުހިންމު - އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު މިދިޔަ މޭ މަހު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޑިއޭގޯ ގާސިއާ ހިމެނޭ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދޫކޮށްލި ނަމަވެސް، ކުރިއަށް އޮތް 99 އަހަރަށް ޑިއޭގޯ ގާސިއާ ބޭސް އަހަރަކު ގާތްގަނޑަކަށް 100 މިލިއަން ޕައުންޑަށް ކުއްޔަށް ހިފުމަށް ވަނީ ނިންމާފަ އެވެ.
ނަމަވެސް، މި އެއްބަސްވުން އަދި ތަސްދީގެއް ނުކުރެ އެވެ.
ދިވެހި ސަރުކާރުން ވަނީ ނޮވެމްބަރު 2024 އަދި މިދިޔަ ޖެނުއަރީގައި ވެސް މިކަމާ ގުޅޭ ރަސްމީ ކަންބޮޑުވުންތައް އިނގިރޭސިވިލާތަށް ހުށަހަޅާފަ އެވެ.
މޮރިޝަސްގެ ސިޔާދަތީ ބާރު ޗާގޯސް ރަށްތަކުގެ މައްޗަށް ނެތް ކަމަށާއި އެ ޖަޒީރާ ލިބެން ޖެހޭނީ ރާއްޖެއަށް ކަމަށް ދިވެހި ސަރުކާރުން ބުނާތީ މޮރިޝަސްއިން ވަނީ ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލަން ނިންމާފަ އެވެ.
ޑިއެގޯ ގާސިއާގައި ހިމާޔަތް ދީފައި ހުރި މީހަކު ރާއްޖެ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ