ދ. މީދޫ ކައުންސިލް ރައީސްގެ ވޯޓު އަލުން ގުނަނީ

ކައުންސިލް އިންތިޚާބުގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ނެގި ވޯޓާއި ގުޅޭ މައްސަލައެއް ހުށަހެޅުމާއި ގުޅިގެން އެމަޤާމުގެ ވޯޓު އަލުން ގުނުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މީދޫ ކައުންސިލްގެ ރައީސް ހޯދުމަށް ނެގި ވޯޓާއި ގުޅިގެން ހުށަހެޅުނު ޝަކުވާތަކަށް ބަލައި ގުނުމަށް ނިންމާފައިވަނީ މީދޫގައި ބެއްހެއްޓި ވޯޓު ފޮއްޓެވެ. މި ފޮށި ގުނުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ.
މައުލޫމާތުލިބިފައިވާ ގޮތުގައި މައްސަލަ ދިމާވީ ލ. ފޮނަދޫގައި ބެހެއްޓި ވޯޓު ފޮއްޓަކަށް ވޯޓުލުމުގެ ހައްގު ނެތް ފަރާތަކުން ވޯޓުލާފައިވާކަން ހާމަވުމުންނެވެ. އަދި އެފޮއްޓަށްލީ ވޯޓު އުނިކުުރުމުން ކައުންސިލް ރައީސްގެ މަޤާމުގެ ވޯޓު އުނިކުރުމުން 2 ކެންޑިޑޭޓުންގެ ވޯޓު ވަނީ އެއްވަރުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ