މިހާރު ހުޅުމާލޭ ސެންޓްރަޕް ޕާކްގައި ކުރިއަށްދާ މޯލްޑިވްސް މެރިން އެކްސްޕޯގެ އެޑްވެންޗާ ޕާޓްނަރެއްގެ ގޮތުގައި ސީ ގިއާ ބައިވެރިވެއްޖެ އެވެ.
ވީ ކިހިނެއް؟ - އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ބޮޑު އެކްސްޕޯގައި ސީ ގިއާގެ ފަރާތުން
ޑައިވިން، ވޯޓާ ސްޕޯޓްސް، މެރިން އަދި ލައިފްސްޓައިލް އުފެއްދުންތަކުގެ ރޭންޖް
ދައްކާލަން ތިން ސްޓޯލް ހުންނާނެ އެވެ
ތަފްސީލް - ސީ ގިއާގެ މެއިން ސްޓޯލުގައި ސީ ގިއާގެ ހުރިހާ ޕްރޮޑަކްޓެއް ދައްކާލަ އެވެ.
މީގެ އިތުރުން ޑައިވިން އިކުއިޕްމެންޓަށް ހާއްސަ ސްޓޯލަކާއި ލަނާލާ ބްރޭންޑުގެ ސްވިމް ވެއާއަށް ހާއްސަ ސްޓޯލެއް ވެސް ވަނީ ހަދައިފަ އެވެ.
ހަމައެކަނި ޑައިވިން އިކުއިޕްމެންޓަށް ހާއްސަ ސްޓޯލުގައި ފަންނީ ޑައިވަރުންނަށާއި މުނިފޫހިފިލުވުމަށް ޑައިވްކުރާ މީހުންނަށް ބޭނުންވާ އެންމެ ފަހުގެ ސާމާނު ހުންނާނެ
ލަނާލާ ބްރޭންޑުގެ ސްވިމް ވެއާ އަކީ ކަނޑުގެ ދިރިއުޅުމުގެ ޒަމާނީ ވައްޓަފާޅިއަށް ފަރުމާކޮށްފައިވާ ހިތްގައިމު އަދި ފެންވަރު ރަނގަޅު އުފެއްދުންތަކެއް.
މިއީ ރީސައިކަލް ކޮށްފައިވާ ތަކެތިން ތައްޔާރުކޮށްފައިވާ ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެއް
އެކްސްޕޯގެ ފޯރި އިތުރުކުރަން ސީ ގިއާއިން އަންނަނީ 'ވިޒިޓް އެންޑް ވިން' ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދަމުންނެވެ. މި
ޕްރޮމޯޝަންގައި ބައިވެރިވުމަށް:
މެރިން
އެކްސްޕޯގައި ހުރި ސީ ގިއާގެ ކޮންމެ ސްޓޯލަކަށް ޒިޔާރަތްކޮށް ސްޓޯލުގައި ހުންނަ ކިޔުއާރު ކޯޑު ސްކޭންކޮށްލުމަށް ފަހު މައުލޫމާތު ފުރިހަމަކޮށްލާ
ގުރުއަތުން ހޮވޭ ނަސީބުވެރިޔާއަށް 'ޖޯބް ކްރޮފްޓް އިންފްލޭޓަބަލް ކަޔަކް' އެއް ލިބޭނެ
ސީ ގިއާ، މެރިން އެކްސްޕޯގެ އެޑްވެންޗާ ޕާޓްނަރަކަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ