ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އޭޕްރީލް މަހު ފަށާނެ ބައިނަލްއަގުވާމީ ފެންވަރުގެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އޭޕްރީލް މަހު ފަށާނެ

ބައިނަލްއަގުވާމީ ފެންވަރުގެ މެޗުތައް ކުޅެވޭނެ ފުޓްސަލް ކޮމްޕްލެކްސެއްގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް، މުއިއްޒު، މި ގޮތަށް ވިދާޅުވީ، މި އަހަރުގެ ރިޔާސީ ބަޔާނުގައި ކުޅިވަރާ ގުޅުން ހުރި ވާހަކަ ދެއްކެވިއިރު އެވެ.
އެ ގޮތުން، މުއިއްޒު ވިދާޅުވީ، އިންޓަނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ފުޓްސަލް ސްޓޭޑިއެމް އެއް ހިމެނޭހެން އިތުރު ހަތަރު އިންޑޯ ޓްރެއިނިން ޕިޗާއެކު ސްޓޭޓް އޮފް ދި އާޓް މަލްޓި ސްޓޯރީ ފުޓްސަލް ކޮމްޕްލެކްސަކާއި އިންޓަނޭޝަނަލް މެޗުތައް ބޭއްވޭ ފެންވަރުގެ އިންޑޯ ނެޓްބޯޅަ ސްޓޭޑިއެމް އެއް ހިމެނޭހެން އިތުރު ހަތަރު އިންޑޯ ޓްރެއިނިން ޕިޗާ އެކު ސްޓޭޓް އޮފް ދި އާޓް މަލްޓި ސްޓޯރީ ނެޓްބޯޅަ ކޮމްޕްލެކްސެއް ހުޅުމާލޭގައި ޢިމާރާތްކުރުމުގެ މަސައްކަތް އަންނަ އޭޕްރީލް މަހު ފެށޭނެ ކަމަށެވެ.
މިދިޔަ ސަރުކާރުގެ ކުޅިވަރާ ބެހޭ މިނިސްޓަރު، އަހުމަދު މަހުލޫފް، ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ދައުރު ނިމުމުގެ ކުރިން ފުޓްސަލް އިންޑޯއެއް އަޅާނެ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ދައުރު ނިމުނުއިރު، އެ އަށް އަމަލީ ސިފައެއް ނާދެ އެވެ. އަދި، މި ސަރުކާރު ފެށިގެން ހަފްތާ 14 ގެ ތެރޭގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) އާއި އެޗްޑީސީ އަދި، ފިނޭންސް މިނިސްޓްރީން ފުޓްސަލް/ނެޓްބޯލް ކޮމްޕެލްކްސްގެ ބިމާ ގުޅޭ އެއްބަސްވުމެއް ވެސް ހެދި އެވެ.
އެ ގޮތުން، ސަރުކާރުގެ ދެ މިނިސްޓްރީ އާއި އެޗްޑީސީން، 24 ފެބްރުއަރީ 2025 ގައި، ނެޓްބޯލް އާއި ފުޓްސަލް ކޮމްޕްލެކްސްގެ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރިއިރު، "އަދަދު ސްޕޯޓްސް" އިން ހުށަހެޅި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު (އާރްޓީއައި)ގެ ޖަވާބުގައި، ނޮވެމްބަރު 16 ވަނަ ދުވަހު، މިނިސްޓްރީން ބުނެފައިވަނީ، ނެޓްބޯޅަ އާއި ފުޓްސަލް ކޮމްޕެލްކްސްގެ، "މަސައްކަތް ނުފަށާ،" ކަމަށެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން ރާއްޖޭގެ ގައުމީ ފިރިހެން ފުޓްސަލް ޓީމުން ހޯދިއިރު، އެ ޓީމުން އެނބުރި މާލެ އައިއިރު، ބޭއްވި އުފާފާޅުކުރުމުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސްޕޯޓްސް މިނިސްޓްރީން އިއުލާނުކުރި އެެވެ. އެކަމަކު، ގައުމީ ފުޓްސަލް ޓީމާ ރައީސް ބައްދަލުވެސް ކުރައްވާފައިނުވެ އެވެ.
މި ފަަހަރުގެ ރިޔާސީ ބަޔާނުގައި، ރައީސް ވިދާޅުވީ، ކުޅިވަރާއި ހަށިހެޔޮކަމުގެ ދާއިރާ ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި، މި ދިޔަ އަހަރު މި ސަރުކާރުން އަމަލީ މަސައްކަތް ފެށި ޖުމްލަ 33 މަޝްރޫޢެއްގެ މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި، މި ސަރުކާރު ޙާވާލުވިއިރު ނުނިމި ހުރި 59 މަޝްރޫޢެއް މިދިޔަ އަހަރު ނިންމާފައިވާ ކަމަށާއި ކުޅިވަރުކުޅުމާއި ހަށިހެޔޮކަމުގެ 92 މަޝްރޫޢެއް މިހާތަނަށް މި ސަރުކާރުން ނިންމައި ހަވާލުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުތައް ގާއިމްކޮށް ހުޅުވުމާއި އިންޑޯ ކުޅިވަރުތައް ކުޅޭ، 1200 ސަޕޯޓަރުންގެ ޖާގައިގެ ތަނަވަސް، ޒަމާނީ، 16 ސްޕޯޓްސް ކޮމްޕްލެކްސް، ހުޅުމާލެ ދެ ފިޔަވައްސާއި ވިލިމާލެ ހިމެނޭހެން ރާއްޖޭ އެކި ރަށްރަށުގައި ހުޅުވިގެންދާނެ ކަމަށެވެ. އަދި، މި އަހަރު ތެރޭ މި މަސައްކަތް އިތުރު ފަސް ރަށެއްގައި ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރޭސިން އާއި ޑްރިފްޓިން އަށް ހާއްސަ އެރީނާ ގާއިމްކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އަންނަ މާޗް މަހުގެ ތެރޭގައި ފެށިގެން ކުރިޔަށްދާނެކަން އިއުލާނުކުރައްވައި، ރަައީސް ވިދާޅުވީ، މާލޭގައި އީ ސްޕޯޓްސް ސެންޓަރެއް ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަން ނިންމާފައިވާ ކަމަށެވެ. އަދި، އާކޭޑް ކުޅިވަރުތަކާއި ބޯލިންް އެރީނާ އަކާއި ކުޑަކުދިންގެ އިންޑޯ އެކްޓިވިޓީސް ކޮމްޕްލެކްސް އެއް ގާއިމުކުރުމުގެ މަސައްކަތް ވެސް އަންނަ އެޕްރީލް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ