ރާއްޖޭގެ ގައުމީ ލެވަލްގެ ކުޅިވަރު ކުޅުންތެރިންނަށް ހާއްސަ ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދޭން ސަރުކާރުން ފަށައިފި އެވެ.
ކުޅުންތެރިންނަށް މުހިންމުކަން ބޮޑު މި އިންޝުއަރެންސް ސްކީމުގެ ކަންކަން އިއުލާނުކުރެއްވީ، ރައީސް، ޑރ. މުހައްމަދު މުއިއްޒު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އެ ގޮތުން، ރާއްޖޭގެ ގައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
"މިއީ ދިވެހި ކުޅިވަރުގެ ޢާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް،" ރައީސް ވިދާޅުވި އެވެ.
ކުޅުންތެރިންނަށް ހާއްސަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަގުވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދޭނެ އެވެ. އަދި، ގައުމީ އެތުލީޓުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ވެސް މި އިންޝުއަރެންސް ޕްލޭން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.
އަދަދު ސްޕޯޓްސް" އަށް މީގެ ކުރިން ދިން އިންޓަވިއުއެއްގައި، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު ވިދާޅުވީ، އެތުލީޓުންނަށް އިންޝުއަރެންސެއް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކިގެން ކުރެވޭ ކަމެއްކަމަށާއި މިއީ އެތުލީޓުންގެ ކޮންފިޑެންސަށް ރަނގަޅު ބަދަލުތަކެއް އަންނާނެ ކަމެއް ކަމަށެވެ.
"އެ ކުދިންގެ ކުޅިވަރަށް އިތުރު އެފަޓެއް ލައިގެން، އެއީ ޓްރެއިނިނިން ކަމުގައި ވިޔަސް އަދި މުބާރާތެއްގައި ކަމަށް ވިޔަސް އެ ކޮންފިޑެންސަކީ ވަރަށް މުހިންމު އެއްޗެއް، ސިއްހީ ފަރުވާގެ ނިޒާމް ނޫނީ ސިއްހީ ފަރުވާގެ ކަށަވަރުކަން އެ ކުދިންނަށް ލިބިގެންދިއުމަކީ އިތުރު އެފަޓެއް ލާން ވަރަށް ފަސޭހަވެގެންދާނެ ކަމެއް،" ރާފިއު ވިދާޅުވި އެވެ.
"އިންޖަރީއެއް ވިޔަސް އަދި ފަރުވާއެއް ހޯދަން ޖެހުނަސް އެކަމުގެ ޔަގީންކަން އެ ކުދިންނަށް ލިބިގެންދިއުމަކީ އެ ޗާންސް އެ ކުދިން ވަރަށް ބޮޑަށް ނަގައިގެން، އިތުރު ހަރުފަތަކަަށް އެ ކުދިންނަށް ދެވޭނެ ކަމެއް،"
ރާފިއު ވިދާޅުވީ، އިންޝުއަރެންސް ތައާރަފްކުރުމާ އެކު، އެތުލީޓުންގެ އާއިލާގެ ޖީބަަށް ލުއިވުމާއި، އަނިޔާވާ އެތުލީޓުންގެ ކަންކަން މެނޭޖްކުރަން އެސޯސިއޭޝަނަށް ވެސް ފަސޭހަތަކެއް ވާނެ ކަމަށެެވެ. އަދި، އަނިޔާގެ ކަންކަން ކުރިމަތިވާ އެތުލީޓަކު އަވަހަށް ދަނޑަށް އެނބުރި އަންނަން ބޭނުންވާ އެންމެ ރަނގަޅު ފަރުވާ އިންޝުއަރެންސްގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ރާފިއު ވިދާޅުވެފައިވެ އެވެ.
ކުޅިވަރު ކުޅުންތެރިންނަށް ސަރުކާރުން ހާއްސަ އިންޝުއަރެންސެއް ކުޅިވަރު ކުޅުންތެރިންނަށް ސަރުކާރުން ހާއްސަ އިންޝުއަރެންސެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ