އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ހާއްސަކޮށްގެން, "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި އެވެ.
ކްރޮސްރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މަރުހަބާ ވިދާޅުވީ އެމްއޭސީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު އެވެ. މި ރަސްމިއްޔާތުގައި ކުންފުނީގެ އިސްވެރިންނާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.
ވެލާނާ އެވޯޑްސްއަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް, އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައާޅާފައިވާ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑް ރަސްމިއްޔާތުގައި 3 ދާއިރާއަކުން 22 އެވޯޑް ވަނީ ދީފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވެލާނާ އެވޯޑްސްއަކީ ހަމައެކަނި ދޭ އެވޯޑެއް ނޫން ކަމަށާއި އެއީ އެމްއޭސީއެލް އާއެކު ކޮންމެ ދުވަހަކުވެސް ސާބިތުވެ ތިއްބަވާ ކުންފުނީގެ ޕާޓްނަރުން, އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ އަގުވަޒަންކޮށް, އެކުގައި ހޯދާ ކާމިޔާބީގެ އުފާފާޅުކުރުން ކަމަށެވެ.
އެގޮތުން އޮޕަރޭޝަނަލް ކުރިއެރުމަކީ އެމްއޭސީއެލްގެ ކާމިޔާބީ ވަޒަންކުރާ އެންމެ މުހިންމު އެއް މިންގަނޑު ކަމަށްވީ ނަމަވެސް ކުންފުނީގެ ކުރިއެރުމަކީ ހަމައެކަނި ނަންބަރު އިތުރުކުރުން ނޫން ކަމަށާއި އެއީ އޭގެ ސަބަބުން އަންނަ ހެޔޮ ބަދަލު ކަމަށްވެސް ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވިއެވެ.
ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު އިތުރަށް ވިދާޅުވީ, ކޮންމެ އަހަރަކުވެސް ފަތުރުވެރިކަން ކުރިއަރުވައި ފުޅާކުރުމަށާއި ކާގޯ އޮޕަރޭޝަންތައް އިތުރުކުރުމަށާއި ގައުމުގެ އިގުތިސާދު ވަރުގަދަކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ސަރުކާރުން ކަނޑައަޅުއްވާ ކަމަށާއި އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެއާލައިންތަކާއެކު ވަރުގަދަ ގުޅުމެއް ބޭނުންވާ ކަމަށެވެ.
ވެލާނާ އެވޯޑްސް ލިބުނު ފަރާތްތައް:
އެއާލައިން އޮފް ދަ އިޔާ: އެތިހާދު އެއާވޭސް
ފްރެއިޓާ އޮފް ދަ އިޔާ: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް
ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ގްރޯތް:
އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: އެއާއޭޝިއާ
މިޑިލް އީސްޓް: އެތިހާދު އެއާވޭސް
ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
ޔޫރަޕް: ވާޖިން އެޓްލާންޓިކް
އިންޑިއަން ސަބްކޮންޓިނެންޓް: ފިޓްސް އެއާ
ޕަސެންޖާ އެވޯޑް (އިންޓަރނޭޝަނަލް) – ޓޮޕް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް:
އީސްޓް އެންޑް ސައުތްއީސްޓް އޭޝިއާ: ސިންގަޕޯ އެއާލައިންސް
މިޑިލް އީސްޓް: އެމިރޭޓްސް
ކޮމަންވެލްޓް އޮފް އިންޑިޕެންޑެންޓް ސްޓޭޓްސް (ސީއައިއެސް): އޭރޯފްލޮޓް
ޔޫރަޕް: ޓާކިޝް އެއާލައިންސް
އިންޑިއަން ސަބްކޮންޓިނެންޓް: އިންޑިގޯ
ޕެސެންޖަރ އެވޯޑް (ޑޮމެސްޓިކް)
ޓޮޕް ޑޮމެސްޓިކް އެއާލައިން ބައި ޕެސެންޖަރ ގްރޯތް: މަންތާ އެއާ
ޓޮޕް ޑޮމެސްތިކް އެއާލައިން ބައި ޕެސެންޖަރ ތްރޫޕުޓް: ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)
ކާގޯ އެވޯޑް:
ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އިމްޕޯޓް: އެފްކޮމް ހޯލްޑިންގްސް ލިމިޓެޑް
ޓޮޕް އެއާލައިން ބައި އެއާ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް
ޓޮޕް އެއާލައިން ބައި ސީ ޓު އެއާ އެކްސްޕޯޓް: ގަތަރު އެއާވޭސް
ޓޮޕް އެއާލައިން ބައި ކާގޯ ތްރޫޕުޓް: އެމިރޭޓްސް
ލައުންޖް އެވޯޑް ކެޓަގަރީ:
ވިލު ޕާޓްނަރ އެވޯޑް – ޖަވަކަރަ އައިލެންޑް މޯލްޑިވްސް
މާމަހި ޕާޓްނަރ އެވޯޑް )ޓްރެވަލް އެޖެންޓް އެންޑް ޓުއަރ އޮޕަރޭޓަރ(: އަވިއާ މޯލްޑިވްސް
މާމަހި ޕާޓްނަރ އެވޯޑް )ރިސޯޓް(: ސޮނެވާ ރިސޯޓްސް, މޯލްޑިވްސް
ކޮވެލި ޕާޓްނަރ އެވޯޑް – އެމިރޭޓްސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ